ރާއްޖެ އިން ބޭރުން އަންނަ ޓީޗަރުންނަށް ސްކޫލަށް ނުކުމެވޭނީ ފަސް ދުވަހުގެ ކަރަންޓީނު މުއްދަތު ހަމަކުރުމަށް ފަހު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އަންގައިފި އެވެ.
28 ޖުލައި 2021
ރާއްޖެ އިން ބޭރުން އަންނަ ޓީޗަރުންނަށް ސްކޫލަށް ނުކުމެވޭނީ ފަސް ދުވަހުގެ ކަރަންޓީނު މުއްދަތު ހަމަކުރުމަށް ފަހު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އަންގައިފި އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިމަޖެންސީ ބޭނުމަށް ލިސްޓު ކޮށްފައިވާ ކޮވިޑް ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުންނާއި ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެ ބަލިން ރަނގަޅުވިތާ 60 ދުވަސް ނުވާ ނަމަ، އެ މީހުންނަށް ރާއްޖެ އަށް އައިސް ކަރަންޓީނު ވާން ނުޖެހޭ ގޮތަށް އެޗްޕީއޭ އިން ވަނީ އުސޫލަށް ބަދަލު ގެނެސްފަ އެވެ.
އެކަމަކު އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކުގެ އިސްވެރިންނަށް ފޮނުވި ސިޓީއެއްގައި ވަނީ ކޮވިޑްގެ ހާލަތު އޮތް ގޮތުން، އެގޮތަށް ރާއްޖެ އަންނަ މީހުން ކަރަންޓީނު ނުވެ، ސްކޫލުތަކަށް ނުކުތުމުގައި ހުރި ކަންބޮޑުވުންތައް ރަށްރަށުގެ ކައުންސިލް އިދާރާތަކުން ކަމާ ބެހޭ އިދާރާތަކާ ހިއްސާ ކުރަމުން އަންނަ ކަމަށެވެ. އެހެންވެ، އެޗްޕީއޭއާ އެކު މަޝްވަރާކުރުމަށް ފަހު ނިންމީ، ރާއްޖެ އަންނަ ބިދޭސީ ޓީޗަރުން، އެ މީހުން އަންނަ ތާރީހުން ފެށިގެން ފަސް ދުވަހަށް ކަރަންޓީނު ކުރަން ކަމަށް ސިޓީގައި ވެ އެވެ.
"ބިދޭސީ ޓީޗަރުން އެ ދާ ރަށެއްގައި ދިރިއުޅޭ ތަނުގައި ކަރަންޓީނުވުމާއި ފަސް ދުވަސް ހަމަކޮށް ސާމްޕަލް ނެގުމަށް ފަހު ނަތީޖާ ނެގެޓިވްވުމުން ސްކޫލަށް ނެރުމަށް، އެޑިއުކޭޝަން މިނިސްޓްރީގެ ސިޓީގައި އަންގާފައި ވެ އެވެ.
އެ މިނިސްޓްރީން ވަނީ ރާއްޖެ އަންނަ ޓީޗަރުންނަށް އެކަން އެންގުމަށާއި ބޭރުން ޓީޗަރުން އައިސް އެގޮތަށް އަމަލުކުރަމުންދޭތޯ މޮނިޓާ ކުރުމަށް ވެސް ސްކޫލުތަކަށް އަންގައިފަ އެވެ.
ރާއްޖެ އިން ބޭރުން އަންނަ މީހުން، މިހާރު 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓެއް ހުށަހަޅަން ޖެހެ އެވެ.
އެކަޑެމިކް މުވައްޒަފުން ސްކޫލަށް ނުކުންނަން ޖެހޭ ގޮތަށް ކުރިން އޮތީ އަންނަ މަހުގެ ތިނެއްގައި ކަމަށް ވިޔަސް މިއަދާއި މާދަމާ އަކީ ސަަރުކާރު ބަންދު ދުވަހެއްގެ ގޮތަށް ކަނޑައަޅާފައި ވާތީ، އެ މުވައްޒަފުން ދެން ސްކޫލަށް ނުކުންނަން ޖެހޭނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އެވެ.
ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ އަންނަ މަހުގެ 10 ގަ އެވެ.
އައްޑޫގެ ސްކޫލުތަކުގައި މާދަމާ އަލުން ކިޔެވުން ފަށަނީ
ފައިޒާ ވެކްސިން މާދަމާ އިން ފެށިގެން ޖަހައިދޭން ފަށަނީ
ވެކްސިން ޖަހަން ސްކޫލުތަކުގެ މުވައްޒަފުންނަށް އަންގައިފި
ޓީޗަރު ޕޮޒިޓިވްވިޔަސް ދަރިވަރަކާ ކޮންޓެކްޓެއް ނުވޭ
ނާސަރީ އާއި ބޭބީ ނާސަރީ ހުޅުވާކަށް އަދި ނުނިންމާ
ގްރޭޑު 8،7 އަށް އަންނަ މަހުގެ 16ގައި ކިޔަވައިދެނީ
ސްކޫލްތައް އަންނަ މަހުގެ 1 ގައި ހުޅުވަނީ
ދަރިވަރަކު ގްރޫމްކުރި ޓީޗަރު ވަޒީފާއިން ވަކިކޮށްފި
ރެކޯޑް އަދަދެއްގެ މީހުން މިއަހަރު ޓީޗިން ޑިގްރީ ހަދަނީ
ޓީޗިން ކިޔަވާ 135 ދަރިވަރުންނަށް ސްކޮލާޝިޕް ދީފި