Roadha Mihaaru
ލިސްޓުގެ ކުރީގައި ތިބޭނީ އެންމެ ހައްގުވެރިން: ކޮމިޓީ

ލިސްޓުގެ ކުރީގައި މިފަހަރު ތިބޭނީ އެންމެ ހައްގުވެރިން: ކޮމިޓީ

28 ޖެނުއަރީ 2021

ކުރީގެ ސަރުކާރުން ހިޔާ މަޝްރޫއުގެ ލިސްޓު ނެރުނު އިރު ފްލެޓް ކަށަވަރުވެ ލިއުން ލިބުނެވެ. އެކަމަކު މި ސަރުކާރުގެ ފްލެޓް ކޮމިޓީގެ ލިސްޓުގައި ޕޮއިންޓު މަދުވެ ފްލެޓް ކަޓައިފި އެވެ. ދިރިއުޅުމުގެ ހާލަތު ބަދަލެއް ނުވެ އެވެ. ފްލެޓަށް 2018 ގައި ފޯމު ހުށަހެޅި ފަހުން މިވީ ތިން އަހަރުގެ ތެރޭގައި ދިރިއުޅުމުގެ ހާލަތުވީ ގޯހެވެ. ވަރަށް ހާލަތު ދަށް، ކުރިން ނުލިބުނު ބައެއް މީހުންނަށް މިފަހަރު ފްލެޓް ލިބިއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ސަރުކާރުން ހިޔާ މަޝްރޫއުގެ ލިސްޓު ނެރުނު އިރު ފްލެޓް ކަށަވަރުވެ ލިއުން ލިބުނެވެ. އެކަމަކު މި ސަރުކާރުގެ ފްލެޓް ކޮމިޓީގެ ލިސްޓުގައި ޕޮއިންޓު މަދުވެ ފްލެޓް ކަޓައިފި އެވެ. ދިރިއުޅުމުގެ ހާލަތު ބަދަލެއް ނުވެ އެވެ. ފްލެޓަށް 2018 ގައި ފޯމު ހުށަހެޅި ފަހުން މިވީ ތިން އަހަރުގެ ތެރޭގައި ދިރިއުޅުމުގެ ހާލަތުވީ ގޯހެވެ. ވަރަށް ހާލަތު ދަށް، ކުރިން ނުލިބުނު ބައެއް މީހުންނަށް މިފަހަރު ފްލެޓް ލިބިއްޖެ އެވެ.

މިއައީ ބޮޑު ބަދަލެކެވެ؛ ދާއިމީ ލިސްޓުތައް ނެރެން ތައްޔާރުކޮށްފައިވާ އިރު ވެސް މި ބަދަލާ މެދު ކުރާ ޝަކުވާތައް ގިނަ އެވެ.

ފްލެޓް ލިބޭނެ ކަމުގެ ލިއުން ކުރީގެ ސަރުކާރުން ދޫކޮށް، އެތަނަށް ވަދެވޭނެ ކަމުގެ އިންތިޒާރުގައި ތިބި ބަޔަކަށް ޕޮއިންޓް މަދުވެ ފްލެޓް ގެއްލުމުން، އެ މީހުންގެ ހާލަތު، ބޯހިޔާވަހިކަމުގެ ހައްގު ހޯދައިދޭން މަސައްކަތްކުރާ ޖަމިއްޔާ، އާއްމުންގެ އެކުވެރި ގުޅުމުން އަންނަނީ ފޮޓޯ އާއި ވީޑިއޯ މެދުވެރިކޮށް ސަރުކާރަށް އަޑު އިއްވަމުންނެވެ.

ދިރިއުޅުމުގެ ހާލަތު ބަދަލު ނުވެ، ނުވަތަ އެއަށް ވުރެ މާ ގޯސްވެފައި ވަނިކޮށް ކުރިއަށް ވުރެން ޕޮއިންޓް މަދުވި ސަބަބާ ގުޅޭ ގޮތުން "މިހާރު"ން ސުވާލުކުރުމުން ފްލެޓް ކޮމިޓީން ބުނީ ލިސްޓުތަކުން މިހާރު ފެންނަނީ، ފޯމު ހުށަހެޅި މީހާ ދިރިއުޅޭ ތަނަށް ގޮސް ބަލައި އެންމެންނަށް އެއް ހަމައަކުން ޕޮއިންޓް ދިނުމުން އައިސްގެން އުޅޭ ތަފާތެއް ކަމަށެވެ.

ހިޔާ މަޝްރޫއަށް ހުށަހެޅި ފޯމުތައް ކޮމިޓީން ތަރުތީބުކޮށްފައި: މި ފޯމުތައް ހުރީ ހައުސިން މިނިސްޓްރީގެ ގުދަނެއްގެ ތެރޭގައި އުކާލާފައި ކަމަށް ފްލެޓް ކޮމިޓީން ބުނޭ. --ފޮޓޯ/މިހާރު

ހިޔާ މަޝްރޫއަށް ހުށަހެޅި ފޯމުތައް ކޮމިޓީން ތަރުތީބުކޮށްފައި: މި ފޯމުތައް ހުރީ ހައުސިން މިނިސްޓްރީގެ ގުދަނެއްގެ ތެރޭގައި އުކާލާފައި ކަމަށް ފްލެޓް ކޮމިޓީން ބުނޭ. --ފޮޓޯ/މިހާރު

ދިރިއުޅުމުގެ ހާލަތުގެ ބައި ފިޔަވައި ޕޮއިންޓް ދީފައި ވާނީ ކުރީގެ ސަރުކާރުން އިއުލާންކޮށްފައިވާ މިންގަޑަށް ކަމަށެވެ. އެއްވެސް ޝަރުތެއް ބަދަލުނުކުރާ ކަމަށާއި 12 ކެޓަގަރީ އާއި ސިވިލް ސާވިސް މުވައްޒަފުން ހިމެނޭ ގޮތަށް ހުށަހެޅި 25،000 ފޯމު ވަކިން ބަލައި މާކްސް ދީފައި ވަނީ އެއް ހަމައަކުން ކަމަށެވެ.

އޭގެތެރެއިން ހޮވީ، ކޮމިޓީން ބުނި ގޮތުގައި، އޭރު އިއުލާންކުރި ޝަރުތުތަކަކާ އެއްގޮތަށް ފްލެޓް އެންމެ ހައްގުވާ 6،720 މީހުންނެވެ.

ބަދަލު އައި ދިރިއުޅުމުގެ ހާލަތުގެ 30 ޕޮއިންޓް

ބޭއިންސާފުން ފްލެޓް ދިން ކަމުގެ ތުހުމަތުތައް ބަލަން ހެދި ކޮމިޓީން ބުނީ އެންމެ ބޮޑު މައްސަލައަކަށް ވެފައި އޮތީ ކުރިން 30 ޕޮއިންޓް ދިން ގޮތް ކަމަށެވެ. ފޯމުގައި ބަޔާންކުރާ މައުލޫމާތު ފިޔަވައި ހާލަތު ބަލާނެ އެއްވެސް މިންގަނޑެއް އޭރަކު ނެތެވެ. ގޭގެއަށް ގޮސް ހާލަތެއް ނުބަލަ އެވެ.

ކޮމިޓީން ބުނި ގޮތުގައި ކުރީގެ ސަރުކާރުގައި ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދިނީ ކެބިނެޓް މިނިސްޓާސް ބިއުރޯއިންނެވެ. އެތަނުން އެދޭ ނަމްބަރުތަކުގެ ފޯމު އިދާރީ މުވައްޒަފުން ގެންދިއުމުން ދިރިއުޅުމުގެ ހާލަތުގެ ބައިގައި ބޭނުން އަދަދެއް ޖަހާފައި ފޯމު ހަވާލުކުރަނީ ކަމަށް ހައުސިން މިނިސްޓްރީގެ މުވައްޒަފުންނާ ކުރި އިންޓަވިއުތަކުން އެނގުނު ކަމަށް ފްލެޓް ކޮމިޓީން ބުންޏެވެ.

ދިރިއުޅުމުގެ ހާލަތު ފޯމުގައި ބަޔާންކުރަން ޖެހޭ ތަނުގައި އެއްވެސް އެއްޗެއް ނުލިޔެ ލީ ފޯމުތަކަށް ވެސް ޕޮއިންޓް ދީފައި ހުއްޓެވެ. ކޮމިޓީން ސުވާލު އުފައްދަނީ ހާލަތު ބަލަން ގޭގެއަށް ނުގޮސް އަދި ފޯމުގައި އެއްވެސް ވާހަކައެއް ނުލިޔެ އޮއްވައި ޕޮއިންޓް ދިން ގޮތާ މެދުގަ އެވެ.

"އެއްވެސް އެއްޗެއް ލިއެފައި ނެތް މީހުންނަށް ވެސް އެބަހުރި އޭރު ފުލްކޮށް ޕޮއިންޓް ދީފައި،" އެ ކަހަލަ ފޯމެއް "މިހާރު" އަށް ދައްކަވަމުން ތޯހާ ވިދާޅުވި އެވެ.

"ހާލަތު ބެލި ހަމައެއް، މިންގަނޑެއް، ބެލީ ކިހިނެއްކަން ނެތް އެނގޭނެ އެއްވެސް ގޮތެއް."

ކޮމިޓީން ބުނި ގޮތުގައި ފޯމުތަކުގައި ވަރަށް އެއްގޮތް ބަޔާންތަކެއް ވެސް ހުށަހަޅާފައި ހުއްޓެވެ.

ފްލެޓަށް އެދި ހުށަހެޅި ފޯމުތަކެއް: ހިޔާ މަޝްރޫއުން 25،000 އަށް ވުރެން ގިނަ މީހުން ފްލެޓަށް އެދުނު.

ފްލެޓަށް އެދި ހުށަހެޅި ފޯމުތަކެއް: ހިޔާ މަޝްރޫއުން 25،000 އަށް ވުރެން ގިނަ މީހުން ފްލެޓަށް އެދުނު.

މިގޮތަށް އެއް ހާލަތެއްގައި އުޅޭ ދެ މީހުންގެ ތެރެއިން އެކަކަށް ފުލްކޮށް 30 ޕޮއިންޓް ދީފައި ހުރި އިރު އަނެކަކަށް 12 ވަރަކަށް ޕޮއިންޓް ދީފައި އޮތްކަން ވެސް ފާހަގަވި ކަމަށް ކޮމިޓީން ބުންޏެވެ.

ކޮމިޓީގެ މެމްބަރުން ވިދާޅުވީ ޕޮއިންޓް ދޭނެ މިންގަނޑެއް ހައުސިން މިނިސްޓްރީއާ އެކު ހެދީ އެ ކެޓަގަރީއަކުން ހުށަހެޅި އެންމެ ނިކަމެތި ހާލުގައި އުޅޭ މީހާ އަށް ފްލެޓް ލިބޭނެ ގޮތަށް ބަލައިގެން އެކަން ކަށަވަރުވާނެ ގޮތަށް ކަމަށެވެ.

ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތަކުގެ ގްރައުންޑް ފްލޯ ކޮމާޝަލް ކަންތައްތަކަށް ގްރައުންޑް ފްލޯ ހާއްސަކުރުމުން 7،000 ފްލެޓްގެ އަދަދު މިހާރު ވަނީ 6،720 އަށް މަދުވެފައި.-- ފޮޓޯތައް: އަހުމަދު އަވްޝަން އިލްޔާސް /މިހާރު

ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތަކުގެ ގްރައުންޑް ފްލޯ ކޮމާޝަލް ކަންތައްތަކަށް ގްރައުންޑް ފްލޯ ހާއްސަކުރުމުން 7،000 ފްލެޓްގެ އަދަދު މިހާރު ވަނީ 6،720 އަށް މަދުވެފައި.-- ފޮޓޯތައް: އަހުމަދު އަވްޝަން އިލްޔާސް /މިހާރު

އެއް ކޮޓަރިއެއްގައި އަށް މީހުން ދިރިއުޅެމުންދާ އިރު ވެސް ޕޮއިންޓް މަދުވެ ފްލެޓް ނުލިބޭ ކަމުގެ ކަންބޮޑުވުންތަކަށް ކޮމިޓީން ބުނީ ދިރިއުޅުމުގެ ހާލަތުގެ ބައިގައި ބަލަނީ ހަމައެކަނި ދިރިއުޅޭ ތަންކޮޅަށް ނޫން ކަމަށެވެ. ދަރިންގެ އަދަދާއި އާމްދަނީން ބޮލަކަށް ޖެހޭ މިންވަރު ވެސް ބަލާ ކަމަށް ވިދާޅުވި އެވެ.

"ޕޮއިންޓް މި އިތުރުވަނީ ދަރިންގެ އަދަދުން. ވަރަށް ދަތި ހާލުގައި އުޅޭ މީހަކު ވެސް އެންމެ ދަރިއެއް ނަމަ ޕޮއިންޓް މަދުވާނެ. މިސާލަކަށް މާލޭ ރަށްވެހިންނަށް ވެސް 50 ޕޮއިންޓް އިނދޭ ދަރިންގެ އަދަދަށް. އެހެންވީމަ ވަރަށް ހާލުގައި އުޅުނަސް ވެސް އެންމެ ދަރިއެއް ހުރެއްޖިއްޔާ ޕޮއިންޓް މަދުވާނެ. ތިން ދަރިން ތިބިއްޔާ، އޭނަ އަށް ލިބޭނެ 50 ޕޮއިންޓް،" ކޮމިޓީގެ މެމްބަރަކު ވިދާޅުވި އެވެ.

ޕޮއިންޓް ދިނުމުގައި ބަލާފައި ވަނީ ފޯމު ލީ އިރު ހުށަހެޅި ލިޔެކިޔުންތަކަށެވެ. އަދި ދަރިންގެ އަދަދަށް ޕޮއިންޓް ދީފައި ވަނީ ވެސް ފޯމު ހުށަހެޅިއިރު ތިބި ދަރިންގެ އަދަދަށް ބަލައިގެންނެވެ. އެ މުއްދަތުގެ ފަހުން ލިބުނު ދަރިންނަކަށް ޕޮއިންޓެއް ނުދެ އެވެ.

"ފޯމު ހުށަހެޅި ފަހުން ލިބުނު ދަރިންގެ އަދަދަށް ޕޮއިންޓް ނުދިނަސް ދިރިއުޅުމުގެ ހާލަތު ބަލާއިރު ދިރިއުޅުމުގެ ހާލަތު ބަލާއިރު ބޮލަކަށް ޖެހޭ ވަރާއި ދިރިއުޅޭ މީހުންގެ އަދަދާއި ފާހާނާ ބޭނުންކުރާ މީހުންގެ އަދަދު ބަލާއިރު ފަހުން ލިބުނު ދަރިން ވެސް ހިމަނައިގެން ހާލަތަށް މާކްސް ދެނީ،" ކޮމިޓީން ބުންޏެވެ.

ކޮމިޓީން ބުނިގޮތުގައި ފްލެޓް ނުލިބުނު ސަބަބާ މެދު ސުވާލު އުފައްދައި ސޯޝަލް މީޑިއާގައި ފޮޓޯތަކާއި ވީޑިއޯ އާއްމުކުރާ އާއިލާތަކުގެ ހާލަތު ތަކުރާރުކޮށް ވެސް ވާނީ ބަލައިފަ އެވެ. ހާލަތުގެ ބައިން ޕޮއިންޓް ދިނީ ކޮމިޓީގެ ޓީމުން އެ ގެތަކަށް ގޮސް ހާލަތު ބެލިއިރު ކިޔައިދިން ވާހަކަތަކާއި ފޯމުގައި ލިއާ އިތުރު ބަޔާނުގެ މައްޗަށް ބަލައި ކަމަށް ވިދާޅުވި އެވެ.

ޓީޗަރުންނާއި ނަރުހުންނާއި ޑޮކްޓަރުންނަށް ކެޓަގަރީތައް ކަނޑައަޅައި ހުށަހަޅާ އެންމެންނަށް ފްލެޓް ލިބޭ ގޮތަށް ކުރީގެ ސަރުކާރުގައި އޮތްއިރު 35 ޕޮއިންޓުން ފްލެޓް ލިބުނު މީހުން ތިބި ކަން ކޮމިޓީން ފާހަގަކުރި އެވެ.

"އެކަމަކު މާލޭ ރަށްވެހިން ނުވަތަ ދަފްތަރު ކެޓަގަރީން 70 ޕޮއިންޓް ލިބުނަސް ވެސް ފްލެޓެއް ނުލިބޭ. މީހުންގެ ޝަކުވާ ހުރި ހާލުގައި ތިމަންނަ އުޅޭއިރު 35 ޕޮއިންޓް ލިބުނު މީހާ އަށޭ ފްލެޓް ލިބުނީ. އެހެންވެގެން އަޅުގަނޑުމެން ހެދީ އަސާސީ މިންގަނޑެއް، 50 ޕޮއިންޓް ލިބިގެންނޭ ޝަރުތު ހަމަވާނީ،" ތޯހާ ވިދާޅުވި އެވެ.

"އެންމެންނަށް އެއް އުސޫލެއް، ތަފާތެއް ނުކުރަން"

ފްލެޓް ކޮމިޓީއާ ހަވާލުކުރީ ހިޔާ މަޝްރޫއަށް ހުށަހެޅި ހުރިހާ ފޯމުތަކެއް އޭރު އިއުލާންކުރި ޝަރުތުތަކާއި އުސޫލްތަކާ އެއްގޮތަށް އެންމެންނަށް އެއް ހަމައަކުން ޕޮއިންޓް ދީފައިވޭތޯ ބެލުމަށެވެ.

"އަޅުގަނޑުމެން އެއްވެސް މީހަކަށް ވަކި ގޮތެއް ހަދާފައެއް ނޯންނާނެ. ހުރިހާ ފޯމެއް ވެސް އިވެލުއޭޓްކޮށްފައި ވާނީ 2018 ގެ އުސޫލްތަކާ އެއްގޮތަށް އެންމެންނަށް އެއް ހަމައަކުން ޕޮއިންޓް ދީފައި ވާނީ،" ކޮމިޓީގައި އިސްކޮށް އުޅޭ މުވައްޒަފަކު ވިދާޅުވި އެވެ.

ކޮމިޓީން ބުނިގޮތުގައި އިވެލުއޭޓްކުރަން ފޯމުތައް ވަކިވަކިން ބެލުމުގެ ިއތުރުން ހުށަހެޅި ޝަކުވާތަކާ ގުޅިގެން ވެސް ފޯމުތައް ހުންނާނީ ވަކިވަކިން ބަލައިފަ އެވެ. މުޅި ޕްރޮސެސްއަށް 8،000 އަށް ވުރެން ގިނަ ޝަކުވާ ހުށަހެޅި އެވެ.

ހިޔާ މަޝްރޫއުން ފްލެޓް ނުލިބި ގާތްގަނޑަކަށް 18،000 މީހުން ބާކީ ވަނީ އެ މީހުންނަށް ފްލެޓް ހައްގު ނުވާތީއެއް ނޫނެވެ. މާލޭގައި ދިރިއުޅުމުގެ ހާލަތު ގޯސްކަން ގޭގެއަށް ގޮސް ބެލިބެލުމުން އެނގޭ ކަމަށް ކޮމިޓީން ބުންޏެވެ.

"މި މަޝްރޫއުގައި ފްލެޓް ނުލިބޭ މީހުންނަށް ހައްގު ނޫނީއެއް ނޫން. ފްލެޓް ވަކި އަދަދަކަށް ކަނޑައަޅައި ކްރަޓީރިއާ ހަދާފައި މި އޮންނަނީ. އަޅުގަނޑުމެން މި ކުރި ކަމަކީ އެއް މިންގަނޑަކުން ބެލީ، އެންމެންނަށް އެއް ސުވާލެއް މިކުރަނީ، އެއް ފޯމެއް މި އޮންނަނީ. ދެން މީގެ ތެރެއިން އެންމެ ހައްގުވެރިންނަކީ ކޮބައިތޯ މި ހޮވީ،" ތޯހާ ވިދާޅުވި އެވެ.

"ނުލިބޭ މީހާއަށް ފްލެޓް މި ނުލިބެނީ ކޮންމެހެން ހާލަތު މާ ރަނގަޅު ވެގެންނެއް ނޫން. ނުވަތަ ފްލެޓް ހައްގު ނުވާތީއެއް ނޫން. އެ އަދަދަށް ނެތީ،" ތޯހާ ވިދާޅުވި އެވެ.

ފްލެޓް ކޮމިޓީ މެމްބަރުން މަސައްކަތުގައި: ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދިން ގޮތާ ގުޅޭ ގޮތުން ޝަކުވާތައް ގިނަ.

ފްލެޓް ކޮމިޓީ މެމްބަރުން މަސައްކަތުގައި: ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދިން ގޮތާ ގުޅޭ ގޮތުން ޝަކުވާތައް ގިނަ.

ކޮމިޓީން ބުނިގޮތުގައި ކުރީގެ ސަރުކާރުގެ ކްރައިޓީރިއާތަކަށް ޕޮއިންޓް ދީފައިވާ އިރު ކުރީގެ ލިސްޓުގެ މަތީގައި އޮވެފައި މިފަހަރު ދަށަށް ދިޔަ ނަމަ ނުވަތަ މީހަކު މަތިވެފައިވާ ނަމަ އެ ސަބަބު ވެސް ތަފްސީލްކޮށްދެވޭނެ އެވެ.

ކުރީގެ ސަރުކާރުގެ ލިސްޓުގެ ކުރީގައި ސިޔާސީ އެކި މަގާމުތަކުގައި އޭރު އުޅުނު ބައެއް މީހުންނަށް މަތިން ޕޮއިންޓް ދީ ފްލެޓް ކަށަވަރުކޮށްދީފައިވެ އެވެ. ކޮމިޓީން ދިން ޔަގީން ކަމަކީ މިފަހަރު ލިސްޓުގެ ކުރީގައި ތިބޭނީ "އެންމެ ހައްގުވެރިން" ކަމެވެ.