16 ފެބުރުއަރީ 2021
ރާޖްކުމާރު ރާއޯ އާއި ޖާންވީ ކަޕޫރްގެ ހޮރޯ-ކޮމެޑީ "ރޫހީ" އަންނަ މަހުގެ 11 ގައި ރިލީޒްކުރަން ނިންމައިފި އެވެ.
ރާޖްކުމާރު ރާއޯ އާއި ޖާންވީ ކަޕޫރްގެ ހޮރޯ-ކޮމެޑީ "ރޫހީ" އަންނަ މަހުގެ 11 ގައި ރިލީޒްކުރަން ނިންމައިފި އެވެ.
ޝޫޓި ނިންމާލައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް މި ފިލްމަކީ 2018 ގައި ރާޖް ކުޅުނު ކާމިޔާބު ހޮރޯ-ކޮމެޑީ "އިސްތިރީ" ގެ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އަށް ހާޑިކް މެހެތާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
"ރޫހީ" ގެ ކާސްޓްގައި ވަރުން ޝަރުމާ ވެސް ހިމެނެ އެވެ.
މި ފިލްމު އެންމެ ފުރަތަމަ އިއުލާންކުރީ "ރޫހް އަފްޒާނާ" ގެ ނަމުގަ އެވެ. އެކަމަކު ފަހުން "ރޫހީ އަފްޒާނާ" އަށް ބަދަލުކުރުމަށް ފަހު، ފިލްމުގެ ނަން ރަސްމީކޮށް މިހާރު ވަނީ "ރޫހީ" އަށް ބަދަލުކޮށްފަ އެވެ. މީގައި ޖާންވީ ފެންނާނީ ޑަބަލް ރޯލަކުންނެވެ.
ފިލްމުގެ ޓްރެއިލާ މިއަދު އާންމުކުރާނެ އެވެ.
މިހާރު ބޮލީވުޑްގައި ކުރިއަރަމުން އަންނަ ޒުވާން އެކްޓަރު ސިދާންތު ޗަތުރަވެދީ "ޔުދުރާ" ގެ ފިލްމަކަށް ސޮއިކޮށް އޭގެ ޕޯސްޓަރާއި ޓީޒާއެއް ދައްކާލައިފި އެވެ.
އޭނާގެ އަލަތު ފިލްމު 2016 ގެ "ގަލީ ބޯއި" ގެނެސްދިން އެކްސެލް އެންޓަޓައިންމަންޓުން ހަދާ އެކްޝަން ތުރިލާ އަކީ ސްރީދޭވީ 2018 ގައި ކުޅުނު ފިލްމު "މޮމް" ގެ ޑައިރެކްޓަރު ރަވީ އުދޭވަރު ހަދާ ފިލްމެކެވެ.
"ޔުދުރާ" ގެ ބަތަލާ އަކީ ދާދި ފަހުން ސިދާންތު ޝޫޓިން ނިންމައިލި ހޮރޯ-ކޮމެޑީ "ފޯންބޫތު" ގެ ކާސްޓްގައި ހިމެނޭ އިޝާން ޚައްތަރުގެ އަލަތު ފިލްމު "ބިޔޯންޑް ދަ ކްލައުޑްސް" ގެ ކާސްޓްގައި ހިމެނޭ މަލްވިކާ މޯހަނަން އެވެ.
"ޔުދުރާ" ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ މެއި ހިސާބުގަ އެވެ.
ސިދާންތުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ބަންޓީ އޯރް ބަބްލީ 2" އާއި ކަރަން ޖޯހަރް ދަރުމާގެ ނަން އިއުލާން ނުކުރާ ތުރިލާއެއް ހިމެނެ އެވެ. މި ދެ ފިލްމު ވެސް މިހާރު އޮތީ ޕޯސްޓް-ޕްރޮޑަކްޝަންގަ އެވެ.
ޝާހްރުކް ޚާންގެ ރެޑް ޗިލިޒް އެންޓަޓައިންމަންޓަށް އާލިއާ ބަޓް ސޮއިކޮށްފައިވާ ފިލްމު "ޑާލިންސް" ގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.
މި ފިލްމަކީ އާދައިގެ ދިރިއުޅުމެއް އުޅޭ މެދު ފަންތީގެ އާއިލާއެއްގެ މަޔަކާއި އަންހެން ދަރިޔަކާ ދެމެދު އޮންނަ ގުޅުމެއްގެ މައްޗަށް ބިނާކޮށް، އަލަށް ޑައިރެކްޝަނަށް ނުކުންނަ ޖަސްމީތު ކޭ ރީން ޑައިރެކްޓްކުރާ ފިލްމެކެވެ. އޭނާ އަކީ ކުރިން ބައެއް ފިލްމުތަކުގައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރުމުގެ އިތުރަށް ބައެއް ފިލްމުތައް ލިޔެފައިވާ މީހެކެވެ. އޭގެ ތެރޭގައި "ފޯސް 2" އާއި "ފަނޭ ޚާން" ގެ އިތުރުން "ޕަތީ ޕަތުނީ އޯރް ވޯ" ހިމެނެ އެވެ.
"ޑާލިންސް" ގެ ކާސްޓްގައި ވިޖޭ ވަރުމާއި އާއި ޝެފާލީ ޝާހާއި ރޯޝަން މެތިއު ވެސް ހިމެނެ އެވެ. ފިލްމުގެ މަންޒަރުތައް ނަގާނީ މުމްބާއީގަ އެވެ.
އާލިއާގެ ކުރިއަށް ހުރި ފިލްމުތަކަކީ "ގަންގްބާއީ ކަތިއާވާޅީ" އާއި "ބުރައްމަސްތުރާ" ގެ އިތުރުން "އާރްއާރްއާރް" އެވެ.
ނިއު ދިއްލީގައި މި ވަގުތު ޝޫޓްކުރަމުން އަންނަ ޖޯން އަބްރަހަމްގެ އެކްޝަން ތުރިލާ "އެޓޭކް" ގެ ޝޫޓިން ތެރޭގައި އޭނާ އަށް އަނިޔާވެއްޖެ އެވެ.
ފިލްމުގެ އެކްޝަން މަންޒަރެއްގައި ކަނދުރާގައި އެއްޗަކުން ޖެހި ޒަަހަމްވި ނަމަވެސް މާ ބޮޑު ގެއްލުމެއް ނުވެ އެވެ. ޝޫޓިންގެ ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯ ޖޯން އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ.
"އެޓޭކް" އަކީ ލަކްޝް އާނަންދު ރާޖް ޑައިރެކްޓްކުރާ ފިލްމެކެވެ. މީގެ ކާސްޓްގައި ޖެކްލިން ފެނަންޑޭޒާއި ރަކުލް ޕްރީތު ސިންގް ވެސް ހިމެނެ އެވެ.
ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ޝާހްރުކް ފިލްމީ މަސައްކަތަށް ނުކުންނާނީ 15 ގައި
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ޕަތާން" ގައި ދީޕިކާ ތަޅާފޮޅާ ރޯލެއް
ސަލްމާންގެ "ޓައިގާ 3" ގައި ޝާހްރުކްގެ ފެނިލުމެއް
ފިލްމަކުން ފުރުސަތު ދޭން އެދި އާލިއާއަށް ސަމާސާއެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް