Roadha Mihaaru
އުތުރު ތިލަފަޅުގެ މައްސަލަ:ރައީސް ވަކިކުރަން ގަރާރެއް

އުތުރު ތިލަފަޅުގެ މައްސަލަ: ރައީސް ވަކިކުރަން އިދިކޮޅުން ގަރާރެއް

16 މާޗް 2021

އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމުން ދުރުކުރުމުގެ މަސައްކަތް ފަށަން އިދިކޮޅު ކޯލިޝަންގެ ކައުންސިލަށް ގަރާރެއް ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމުން ދުރުކުރުމުގެ މަސައްކަތް ފަށަން އިދިކޮޅު ކޯލިޝަންގެ ކައުންސިލަށް ގަރާރެއް ހުށަހަޅައިފި އެވެ.

އުތުރު ތިލަފަޅުގައި 60 އަހަރަށް އިންޑިއާ ސިފައިން ތިބެވޭ ގޮތަށް ސަރުކާރުން ހަދާފައިވާ ކަމަށް ބުނާ އެއްބަސްވުމެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެކަމަކު ޑިފެންސް މިނިސްޓްރީން ބުނަނީ އެއީ ސައްހަ ލިޔުންތަކެއް ނޫން ކަމަށެވެ.

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކައުންސިލަށް ހުށަހެޅި ގަރާރުގައިވަނީ ރާއްޖޭގައި ބޭރުގެ ހަތިޔާރު އެޅި ސިފައިންނަށް ތިބެވޭ ގޮތަށް އަދި ރާއްޖޭގެ މިނިވަންކަން ގެއްލޭ ގޮތަށް އިންޑިއާއާ އެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ އެއްބަސްވުން ބާތިލް ކުރުމަށެވެ. އަދި އެ އެއްބަސްވުން ހާމަކުރަން ސަރުކާރުން ދެކޮޅު ހަދަމުންދާ ދިއުމަކީ ގާނޫނު އަސާސީއާ ޚިލާފަށް ރައީސް ކުރައްވާ ކަމެއް ކަމަށާއި އަދި ގާނޫނު އަސާސީއާ އެއްގޮތަށް ރައީސް ވެރިކަން ކުރައްވަމުން ގެންދަވާ ކަމަށް ގަބޫލު ނުކުރެވޭތީ އެމަނިކުފާނު މަގާމުން ދުރުކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަން ގޮވާލާ ކަމަށް އެ ގަރާރުގައިވެ އެވެ.

އިދިކޮޅު ކޯލިޝަންގެ ކުއްލި ކައުންސިލްގެ ބައްދަލުވުމެއް މިހާރު ދަނީ ކުރިއަށެވެ.

އިއްޔެ އާންމުވި ލިޔުންތަކަކީ ސައްހަ އެއްޗެއް ނޫން ކަމަށް ސަރުކާރުން ބުންޏަސް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައިވަނީ އެއީ ސައްހަ ލިޔުންތަކެއް ކަން ހާމަވާ މައުލޫމާތުތައް އާންމު ކުރައްވާނެ ކަމަށެވެ.