05 އެޕްރީލް 2021
ރޭޑިއޮލޮޖީ ދާއިރާގައި މަސައްކަތް ކުރާ ދިވެހިންގެ އަދަދު މަދުކަން ފާހަގަ ކުރައްވައި، ބޭރު މީހުންނަށް ބަރޯސާވެގެން ގައުމު ކުރި ނޭރުވޭނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
ރޭޑިއޮލޮޖީ ދާއިރާގައި މަސައްކަތް ކުރާ ދިވެހިންގެ އަދަދު މަދުކަން ފާހަގަ ކުރައްވައި، ބޭރު މީހުންނަށް ބަރޯސާވެގެން ގައުމު ކުރި ނޭރުވޭނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
އެސްޓީއޯ އާއި ގައުމީ ޔުނިވާސިޓީ ގުޅިގެން ޑިޕްލޮމާއިން ރޭޑިއޮލޮޖީ ކޯސް ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފައިސަލް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ހުރިހާ ދާއިރާއަކުން ވެސް މަސައްކަތް ކުރެވޭ ދިވެހި ޒުވާނުން އުފެއްދުން ކަމަށެވެ. އެގޮތުން، އެންމެ ބޮޑު އިސްކަމެއް ދޭ އެއް ދާއިރާއަކީ ސިއްހީ ދާއިރާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވި ގޮތުގައި މިހާރު ރާއްޖޭގައި ރޭޑިއޮލޮޖީ ދާއިރާގައި މަސައްކަތް ކުރަނީ އެންމެ ހަތަރު މީހުންނެވެ. އެއީ އަތޮޅު ތެރޭގެ 20 ތަނެއްގައި މަސައްކަތް ކުރާ ތިން މީހަކާއި އައިޖީއެމްއެޗުގައި މަސައްކަތް ކުރާ މީހެކެވެ.
މިކަމާ ގުޅިގެން ފައިސަލް ވިދާޅުވީ ރާއްޖޭގައި ޓެކްނިކަލް ދާއިރާއިން ޒުވާނުން ތަމްރީން ކުރުމަކީ މިހާރު ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި މީގެ ސަބަބުން ރަށްރަށުގެ ހޮސްޕިޓަލުތަކުގެ ހިދުމަތްތައް ރަނގަޅުވެ ފުރިހަމަ ހިދުމަތްތައް ފޯރުކޮށްދެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލު ކުރަނީ މި ކަންތައްތަކަކީ ކުރަން މާ ބޮޑަށް ވެސް ލަސްވެފައިވާ ކަންތައްތަކެއް. ގައުމަށް ބޭނުންވާ ޓެކްނިކަލް ދާއިރާތަކަށް ޒުވާނުން ބިނާ ކުރުމުގެ މަސައްކަތަކީ އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް،" އެމަނިކުފާނު ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވިގޮތުގައި ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ވަނީ ސިއްހީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. މި ބަދަލުތަކުގެ ސަބަބުން ސިއްހީ ހިދުމަތް ހޯދަން އެކި ރަށްރަށުން މާލެ އަންނަ މީހުންގެ އަދަދު ދަށްވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ފާއިތުވި ދެ އަހަރަށް ބަލައިފި ކަމަށްވާންޏާ މާލެ ނައިސް 1300 އެމްއާރުއައި އަދި 3000އެއްހާ ސީޓީ ސްކޭން ވަނީ ހެދިފައި. މި ކަންތައް ފޯރުކޮށް ނުދެވުނު ނަމަ ބޮޑު ކަނޑެއް ހުރަސްކޮށްފައި އަންނަން ޖެހޭނީ މާލެއަށް،" ފައިސަލް ވިދާޅުވި އެވެ.
ޒުވާނުންގެ މެދުގައި ގިނައީ ޓްރެފިކްގެ ކުށްތައް
އެސްޓީއޯގެ ރޭޑިއޯގްރަފީ ކޯސް ފަށައިފި
އެސްޓީއޯގެ ރޭޑިއޯގްރަފީ ކޯސް ސެޕްޓެމްބަރު މަހު ފަށަނީ
ޕްލާސްޓިކާ ދެކޮޅު މަސައްކަތެއް ނުހުއްޓޭނެ: ފައިސަލް
ހައިޕާމެކެޓާއެކު، ޕީޕަލްސް ޗޮއިސް މަތީ ހަރުފަތަށް
މޯލްޑިވިއަންގެ އޭވިއޭޝަން އެކަޑެމީ ހުޅުވައިފި
ފްލައިން ސްކޫލު ހިންގަން ގަން އެއާޕޯޓާއެކު ސޮއިކޮށްފި
އެސްޓީއޯ އާއި އެމްއެންޔޫ ގުޅިގެން ރޭޑިއޮލޮޖީ ކޯހެއް
ދިރާސާ އިން މައްސަލަތަކަށް ހައްލު ހޯދަންޖެހޭ: ފަައިސަލް
ކޮވިޑަށް އެމްއެންޔޫން ހެދި ދިރާސާގެ އަދަދު ނެރެފި