29 މެއި 2021
މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "އިންދޫ ކީ ޖަވާނީ" ގެ ޕްރޮޑިއުސަރު ސްޓެންފެން ރަޔަން ކޮވިޑް-19 ގައި ހޮނިހިރު ދުވަހު މަރުވެއްޖެ އެވެ.
މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "އިންދޫ ކީ ޖަވާނީ" ގެ ޕްރޮޑިއުސަރު ސްޓެންފެން ރަޔަން ކޮވިޑް-19 ގައި ހޮނިހިރު ދުވަހު މަރުވެއްޖެ އެވެ.
އޭނާގެ މަރުގެ ޚަބަރާ އެކު ބޮލީވުޑްގެ ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ހިތާމާފާޅުކޮށްފައިވެ އެވެ. އޭގެ ތެރޭގައި "އިންދޫ ކީ ޖަވާނީ" ގެ ބަތަލާ ކިއާރާ އަދުވާނީގެ އިތުރުން ވަރުން ދަވަން އާއި ކާޖޮލް އާއި މަނޯޖް ބަޖްޕާއީ ޕްރޮޑިއުސަރު/ޑައިރެކްޓަރު ނިކިލް އަދުވާނީ ހިމެނެ އެވެ.
ކާޖޮލް އަކީ މިދިޔަ އަހަރު ރަޔަން ޕްރޮޑިއުސްކޮށް ގެނެސްދިން ކުރު ފިލްމު "ދޭވީ" ގެ އެއް ބަތަލާ އެވެ. އެ ފިލްމުގައި ނޭހާ ދޫޕިއާ އާއި ޝުރޫތީ ހަސަން ވެސް ހިމެނެ އެވެ.
It’s so so shocking for all of us who knew this gentle soul .It really can’t be true!! I will miss you my friend RYAN ❤️ https://t.co/VDDkCMH6Kb
— manoj bajpayee (@BajpayeeManoj) May 29, 2021
އިންޑިޕެންޑެންޓް ޕްރޮޑިއުސަރެއްގެ ގޮތުގައި މިހާތަނަށް ގިނަ ޕްރޮޖެކްޓްތަކެއް ރަޔަން ކޯ-ޕްރޮޑިއުސްކޮށްފައިވާ އިރު އޭނާ ޕްރޮޑަކްޝަން ޑިޒައިނަރެއް ވެސްމެ އެ އެވެ. ރަޔަން އަކީ ކުރިން ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގައި ވެސް މަސައްކަތްކޮށްފައިވާ މީހެކެވެ.
ނަވާޒުއްދީން މިހާރު ދިރިއުޅެނީ ގަނޑުވަރެއްގައި
އެކްޓަރު ސިދާތު ޝުކްލާ މަރުވެއްޖެ
ޕްރޮޑިއުސަރު ބުޝަން އަށް ރޭޭޕްގެ ތުހުމަތު
އަޔާންގެ "ބުރައްމަސްތުރާ" ނިންމަން ހަންގޭރީ އަށް
ޕްރޮޑިއުސަރު ޖެކީ އަށް ޖިންސީ ގޯނާގެ ތުހުމަތު
ކީމޯގެ ވޭނާއެކު ވެސް ކިރަންގެ ހާލު ރަނގަޅު: އަނޫޕަމް
"ޖުގް ޖުގް ޖިއޯ" ގެ ދެވަނަ ޝެޑިއުލަށް ބުރޫއަރާފައި
ސޯނޫ ސޫދުގެ މައްސަލައެއް ޕޮލިހަށް
މުމްބާއީ ދޫކޮށްލާކަށް ނޫޅެން: ސައިފް
އާލިއާ ވެސް ވިޔަފާރިއަކަށް އިންވެސްޓްކުރަނީ