11 ޖޫން 2021
ކައިވެނި ކުރެވުނީ މުޅި ދުނިޔެ ކޮވިޑް-19 ގެ ވަބާ އަށް ހުށަހެޅުނު ދަނޑިވަޅުގައި ކަމަށްވާތީ ރަނގަޅު ހަނީމޫނެއްގެ ފުރުސަތު ނުލިބޭ ކަމަށާއި އެހެންވެ އެކަން އަދި ކުރިއަށް އޮތީ ކަމަށް އިންޑިއާގެ މަޝްހޫރު ޓީވީ ބަތަލާ މޯނާ ސިންގް ބުނެފި އެވެ.
ކައިވެނި ކުރެވުނީ މުޅި ދުނިޔެ ކޮވިޑް-19 ގެ ވަބާ އަށް ހުށަހެޅުނު ދަނޑިވަޅުގައި ކަމަށްވާތީ ރަނގަޅު ހަނީމޫނެއްގެ ފުރުސަތު ނުލިބޭ ކަމަށާއި އެހެންވެ އެކަން އަދި ކުރިއަށް އޮތީ ކަމަށް އިންޑިއާގެ މަޝްހޫރު ޓީވީ ބަތަލާ މޯނާ ސިންގް ބުނެފި އެވެ.
ސޮނީ ޓީވީން މީގެ އަހަރުތަކެއް ކުރިން ގެނެސްދިން "ޖެސީ ޖޭސީ ކޮއީ ނެހީ" ކުޅެގެން މަޝްހޫރުވި މޯނާ އާއި ދެކުނު އިންޑިއާގެ ޕްރޮޑިއުސަރެއް ކަމަށްވާ ޝާމް ރާޖަގޯޕަލަން ކައިވެނިކުރީ 2019 ގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އެވެ.
ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި މޯނާ، 39، ބުނީ ކައިވެންޏަށް ފަހު ދިރިއުޅުން ވަރަށް އުފާވެރި ކަމަށާއި އޭނާ އާއި ފިރިމީހާ ދިރިއުޅެނީ މުމްބާއީގައި ކަމަށެވެ. ހަނީމޫން ޕްލޭންތަކާ ބެހޭ ގޮތުން ސުވާލުކުރުމުން މޯނީ ބުނީ އެކަން އަދި ކުރިއަށް އޮތީ ކަމަށެވެ.
"ކައިވެނިކުރިތަނާހެން ކޮވިޑްގެ ބޮޑު ބަލިމަޑުކަމާ އެކު ދިރިއުޅުން ބޮޑު ލޮކްޑައުންއެއްގެ ތެރެއަށް ދިޔައީ. އޭގެ ތެރޭގައި އަދިވެސް މި އުޅެވެނީ. އެހެންވީމާ ހަމަޖެހިލައިގެން ހަނީމޫނަށް ދާނެ ދަނޑިވަޅެއް ލިބިފައެއް ނެތް. އަހަރެމެން މިހާރު އުންމީދުކޮށްގެން މި ތިބީ މި ބަލިމަޑުކަމުން އެއްކޮށް އަރައިގަނެވުނީމަ ހަނީމޫނަށް ދާން،" އޭނާ ބުންޏެވެ. "މި ވަގުތަކީ އެކަހަލަ ކަމަކަށް ތަންދޭ ވަގުތެއް ނޫން. ދުނިޔެ ހަމައަކަށް އެޅެންދެން މި މަޑުކުރަނީ."
ނަމަވެސް ހަނީމޫނަށް ދާނެ ވަކި ތަނަކާ ބެހޭ ގޮތުން މޯނާ ވާހަކައެއް ނުދައްކަ އެވެ. އޭނާ އަކީ "ޖެސީ ޖޭސީ ކޮއީ ނެހީ" ކުޅުނު ދުވަސްވަރު އޭގެ ޕްރޮމޯޝަނަށް ދިވެހިރާއްޖެ އަށް ވެސް ޒިޔާރަތްކުރި ބަތަލާއެކެވެ.
މިހާތަނަށް އެތައް ސިލްސިލާއެއް ކުޅެފައިވާ މޯނާ އަކީ މަދުމަދުން ބޮލީވުޑްގެ ފިލްމުތަކުގެ ސަޕޯޓިން ރޯލުތަކުން ވެސް ފެންނަ ބަތަލާއެކެވެ. އާމިރު ޚާނާއި ކަރީނާ ކަޕޫރްގެ 2009 ގެ "3 އިޑިއަޓްސް" ގެ ރޯލެއް ކުޅުނު ބަތަލާގެ ކުރިއަށް އޮތް ފިލްމަކީ އެ ދެ ތަރިންގެ "ލާލް ސިންގް ޗައްޑާ" އެވެ.
މިދިޔަ އަހަރު "ބްލެކް ވިޑޯސް" ކިޔާ ވެބް ސީރީޒަކުން ވެސް މޯނާ ފެނިފައިވެ އެވެ.
"ގުމް ހެ ކިސީކޭ" ގެ ދެ ތަރިން ކައިވެނިކޮށްފި
ކަރަން އާއި ނިޝާގެ ބޮޑެތި ތުހުމަތުތަކެއް
ބަތަލާ މޯނީ ކައިވެނިކޮށްފި
އަންކިތާގެ ކައިވެނި ހަދިޔާއަކީ ރާއްޖޭން ވިލާއެއް؟
ސުޝާންތުއާ ރައްޓެހިވި އަންކިތާ ކައިވެނިކޮށްފި
ކިމް އާއި ޓެނިސް ތަރި ލިއަންޑާ ކައިވެންޏާ ދިމާއަށް
މޯނީގެ ކައިވެނި ޖެނުއަރީގައި
ކާޖޮލް ފެނުނީ ފޫހި، ބޮޑާ މީހެއްގެ ގޮތުގައި: އަޖޭ
ހީނާ އާއި ލޯބިވެރިޔާ ނަމަކަށް ކައިވެންޏެއް ނުކުރާނެ
އަވަހަށް ކައިވެނިކުރުމަކީ ޔާމީގެ ޕްލޭނެއް ނޫން