އެވިޑް ކޮލެޖުގެ ފްލައިން ސްކޫލުގެ ޑީންއަކަށް ބޭފުޅަކު މިއަދު އައްޔަންކޮށްފި އެވެ.
01 ޖުލައި 2021
އެވިޑް ކޮލެޖުގެ ފްލައިން ސްކޫލުގެ ޑީންއަކަށް ބޭފުޅަކު މިއަދު އައްޔަންކޮށްފި އެވެ.
ގދ. ތިނަދު އަށް އުފަން މުހައްމަދު ޝަރީފް، އެވިޑް ސްކޫލް އޮފް އޭވިއޭޝަން (އަސާ) ގެ ޑީންއަކަށް އައްޔަން ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އޭނާއާ އެ މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުޝްތާގު ރަޝާދު އެވެ.
ޝަރީފް ވަނީ ކާޑެއްދޫ އެއާޕޯޓްގެ ޑިރެކްޓަރު ކަމާއި ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑްގެ ސޭފްޓީ އެންޑް ސެކިއުރިޓީ މެނޭޖަރު ކަމާއި ވެލާ ޕްރައިވެޓް އައިލެންޑްގެ ސޭފްޓީ އެންޑް ސެކިއުރިޓީ ސްޕަވައިޒަރުގެ މަގާމު އަދާކުރައްވައިފަ އެވެ. އަދި ފުލުސް އޮފީހުގެ ޗީފް ސްޓޭޝަން އިންސްޕެކްޓަރުގެ މަގާމާއި ބައެއް ސްކޫލުތަކުގެ ހެޑްމާސްޓަރުގެ މަގާމުގެ އިތުރުން ގަލަޑޯނިއާ އާއި ބަތޯލްޑް އެންޑް އެސޯސިއޭޓްގެ ޕްރޮޖެކްޓް ކޯޑިނޭޓަރެއްގެ ގޮތުގައި ވެސް ޝަރީފް މަސައްކަތެއް ކުރެއްވި އެވެ.
އޮސްޓްރޭލިއާގެ ލާ ޓްރޯބް ޔުނިވާސިޓީން ބެޗްލާސް އޮފް ބިޒްނަސް އަދި ގްރެޖުއޭޓް ޑިޕްލޮމާ އިން ސެކެންޑްރީ އެޑިއުކޭޝަނާއި އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސް އިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އޭނާ ހާސިލުކުރެއްވި އެވެ.
އެވިޑްގެ ފްލައިން ސްކޫލުގެ ޑީންގެ މަގާމަށް ޝަރީފް ހަމަޖެއްސެވިއިރު ސްރީ ލަންކާގެ އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޮޓިކްސް (އޭއޭއޭ) ގަނެ އެތަން ހިންގުމުގެ މަސައްކަތާ އެވިޑުން ހަވާލުވީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.
އޭއޭއޭގެ ހިންގުން ދޯދިޔާވެ، ދަރިވަރުންގެ ކޯސް އެކަށީގެންވާ ގޮތަށް ކުރިއަށް ނުގެންދެވޭ މައްސަލަ ހޫނުވެފައި ވަނިކޮށް އެވިޑުން އެތަން ހިންގުމާ ހަވާލުވެ، ޗެއާމަން މުޝްތާގް ވިދާޅުވީ އެވިޑް ކޮލެޖުން ފްލައިން ސްކޫލާ ހަވާލުވެ، އެންމެ އިސްކަން ދޭނީ މިހާރު އެ ސްކޫލުގައި ކިޔަވަވާ 170 ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ގެނައުމަށް ކަމަށެވެ.
ފްލައިން ސްކޫލުގެ އެއްބަސްވުން އެވިޑުން ބާތިލްކޮށްފި
އިމާރާތެއް ނެތް، އައްޑޫން ފްލައިން ސްކޫލު ގެއްލިދާނެ؟
އެވިޑް ކޮލެޖުން އައްޑޫ ފްލައިން ސްކޫލް ގަނެ، ހިންގަނީ
"އެވިޑުން ލައިސަންސް ނެގުމުގެ މަސައްކަތް ކުރިއަށްދޭ"
ޕައިލެޓު ތަމްރީނުތައް ހިންގަން ޖެހޭނީ އޭއޭއޭ އިން
އެވިޑަށް ފްލައިން ސްކޫލު ހިންގޭނީ އެތަން ގަނެގެން
އައްޑޫ ފްލައިން ސްކޫލުގެ ކިޔެވުން އަލުން ފަށައިފި
އޭއޭއޭ އަތުން ބޮޑު ބަދަލެއް ހޯދަން ދައުވާ ކޮށްފި
ފްލައިން ސްކޫލު ހިންގަން އޭއޭއޭއަށް ދެން ޖާގައެއް ނެތް
ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު މޯލްޑިވިއަނުން ހޯދަނީ