ޕައިލެޓުން ތަމްރީނު ކުރުމަށް އެވިޑު ކޮލެޖުން ލައިސަންސް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް، އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އިން ބުނެފި އެވެ.
22 އޯގަސްޓް 2021
ޕައިލެޓުން ތަމްރީނު ކުރުމަށް އެވިޑު ކޮލެޖުން ލައިސަންސް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް، އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އިން ބުނެފި އެވެ.
އައްޑޫގައި ހިންގަމުން ދިޔަ އޭއޭއޭގެ ހާލަތު ބޮއްސުންލައިގެން ދިއުމުން އެ ތަނުގެ ހިންގުން މިދިޔަ ޖޫން މަހު ވަނީ، ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ އެވިޑު ކޮލެޖާ ހަވާލުކޮށްފަ އެވެ. އޭގެ ފަހުން، ފްލައިން ސްކޫލުގެ ކަންކަން ބަލަހައްޓަމުން ދަނީ އެވިޑުންނެވެ.
އެކަމާ ގުޅިގެން ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ އެވިޑު ކޮލެޖަށް އެޕްރޫވްޑް ޓްރެއިނިން އޯގަނައިޒޭޝަން (އޭޓީއޯ) ނުވަތަ އޭވިއޭޝަންގެ ތަމްރީނުތައް ދިނުމަށް ސިވިލް އޭވިއޭޝަންގެ ގަވައިދުގެ ދަށުން ހުއްދަ ދީފައި ނުވާނެ ކަމަށެވެ. އެހެންވެ، އެ ކޯސްތައް ހިންގަން ޖެހޭނީ އޭއޭއޭގެ ދަށުން ކަމަށް އެ އޮތޯރިޓީން ބުނެފައި ވެ އެވެ.
އެ ސްކޫލާއެކު އެވިޑު ކޮލެޖުން ވެފައި ވަނީ ފްލައިން ސްކޫލު ހިންގުމުގެ އިސްދައުރެއް އަދާކުރުމުގެ އެއްބަސްވުމެއް ކަމަށް ވެސް ސީއޭއޭ އިން ބުންޏެވެ.
އެ ވާހަކަތަކާ ގުޅިގެން އޭއޭއޭގެ ޖެނެރަލް މެނޭޖަރު ފަޒީލް ރަޝީދު ނެރުއްވި ބަޔާނުގައި ވިދާޅުވީ ފްލައިން ސްކޫލު ހިންގުމަށް ސަރުކާރުން ދީފައިވާ ކޮންޓްރެކްޓުގެ މުއްދަތު ހަމަވަމުންދާއިރު ވެސް މުއްދަތު އިތުރުކޮށްނުދޭތީ ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު ގެއްލުމުގެ ބިރު އޮތް ކަމަށެވެ. އެހެންވެ، ފްލައިން ސްކޫލެއް ރާއްޖޭގައި ހިންގާނެ އެހެން ބަޔަކު ހޯދުމަށް ކުރި މަސައްކަތުން އެންމެ ރަނގަޅު ހުށަހެޅުމެއް ލިބިފައިވަނީ އެވިޑު ކޮލެޖުން ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، އެހެން ބައެއްގެ ލައިސަންސެއްގައި ތަމްރީނުތައް ހިންގަން ދަތިވެފައިވާތީ، އެވިޑަށް އޭޓީއޯ ހޯދުމުގެ މަސައްކަތް ކުރާ ކަމަށް އޭއޭއޭއިން ބުންޏެވެ.
"ސީދާ އެވިޑު ކޮލެޖުގެ ނަމުގައި ފްލައިން ސްކޫލުގެ އޭޓީއޯއެއް ނުވަތަ ލައިސަންސެއް ނެގުމުގެ އެންމެހާ ކަންތައްތައް ކުރެވެމުން އެބަދެ އެވެ. އެހެންކަމުން މިހާރު ވެސް މުޅި ފްލައިން ސްކޫލު ހިިންމުގެ ބާރު ލިބިގެންދަނީ އެވިޑު ކޮލެޖަށެވެ،" ބަޔާނުގައި ވެ އެވެ.
ދަރިވަރުންގެ ޒިންމާ ނެގުމަށް ޕްރޮޕޯސަލްގައި އެއްބަސްވެފައި ނުވާ ކަމަށާއި އެވިޑު ކޮލެޖުން ތެދުވެފައި ވަނީ މިހާރު ތިބި ދަރިވަރުންގެ ކަންކަން ހައްލުކޮށްދިނުމަށް އިސްކަމެއް ދީގެން ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެ އެވެ.
"މި އެކަޑެމީ އާއި އެވިޑު ކޮލެޖާ ދެމެދު ސޭލްސް އެންޑް ޕާޗޭސް އެގްރިމެންޓެއް ހަދައި ފުރިހަމައަށް މެނޭޖްމަންޓުު ކޮންޓްރޯލް އެ ކޮލެޖުން ނަގާފައިވެ އެވެ. އަދި އެގޮތުން އޭޝިއަން އެއޮރޯނެޓިކްސް އެކަޑެމީގެ އޭޓީއޯގެ ދަށުން އެކައުންޓަބަލް މެނޭޖަރަކަށް އެވިޑު ކޮލެޖުން އައްޔަންކުރާ ބޭފުޅެއް ކަނޑައެޅުމުގެ ބާރު ވެސް ލިބިގެންވެ އެވެ،" ބަޔާނުގައި ވެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އާއްމުންގެ މީހަކު ޓްރާންސްޕޯޓް މިނިސްޓްރީ އަށް ހުށަހެޅި ސުވާލުތަކަކަށް ދިން ޖަވާބުގައި އެ މިނިސްޓްރީން ބުނީ އޭޓީއޯ އެޕްރޫވަލް ހޯލްޑުކުރާ އޯގަނައިޒޭޝަނެއްގެ އެޕްރޫވަލްގެ ދަށުން އެހެން ފަރާތަކަށް އެޕްރޫވްޑް ކޯސްތަކެއް ނުހިންގޭނެ ކަމަށެވެ. އެޕްރޫވްޑް އޯގަނައިޒޭޝަނެއްގެ ހިއްސާ ގަންނަ ފަރާތެއް ވާނީ އެޕްރޫވްޑް އޯގަނައިޒޭޝަންގެ ހިއްސާދާރަކަށް ކަމަށާއި ހިއްސާދާރަކަށް ލިބޭ ހުރިހާ ހައްގުތަކާއި މަންފާތަކެއް އެ ފަރާތަށް ލިބޭނީ އޭރުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ދެކެ އެވެ.
ފްލައިން ސްކޫލުގެ އެއްބަސްވުން އެވިޑުން ބާތިލްކޮށްފި
ޕައިލެޓު ތަމްރީނުތައް ހިންގަން ޖެހޭނީ އޭއޭއޭ އިން
އެވިޑަށް ފްލައިން ސްކޫލު ހިންގޭނީ އެތަން ގަނެގެން
އޭއޭއޭ އަތުން ބޮޑު ބަދަލެއް ހޯދަން ދައުވާ ކޮށްފި
ފްލައިން ސްކޫލްގެ ދަރިވަރުން "މަގުމަތިވެފައި"
ފްލައިން ސްކޫލުގެ ޑީންއަކަށް ބޭފުޅަކު ހަމަޖައްސައިފި
އިމާރާތެއް ނެތް، އައްޑޫން ފްލައިން ސްކޫލު ގެއްލިދާނެ؟
އެވިޑް ކޮލެޖުން އައްޑޫ ފްލައިން ސްކޫލް ގަނެ، ހިންގަނީ
މިލިއަނުން ހޭދަކޮށް އެތައް ދަރިވަރަކަށް ބޮޑު ލަނޑެއް!
ފްލައިން ސްކޫލު ހިންގަން އޭއޭއޭއަށް ދެން ޖާގައެއް ނެތް