ޕައިލެޓުން ތަމްރީނުކުރުމުގެ ނަމުގައި އެތައް ދަރިވަރުންގެ އަތުން ބޮޑު ފީއެއް ނަގައި، ކޯސް ދިގުލައިގެން ގޮސް، އެންމެ ފަހުން ކިޔެވުން ކުރިއަށްގެދެވޭނެ މަގު ބަންދުވުމުން އައްޑޫގައި ހިންގާ އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) ގެ އަތުން ބޮޑު ބަދަލެއް ނަގައިދިނުމަށް އެދި ދަރިވަރުންތަކެއް ސިވިލް ކޯޓުގައި ދައުވާކޮށްފި އެވެ.
16 ޖުލައި 2021
ޕައިލެޓުން ތަމްރީނުކުރުމުގެ ނަމުގައި އެތައް ދަރިވަރުންގެ އަތުން ބޮޑު ފީއެއް ނަގައި، ކޯސް ދިގުލައިގެން ގޮސް، އެންމެ ފަހުން ކިޔެވުން ކުރިއަށްގެދެވޭނެ މަގު ބަންދުވުމުން އައްޑޫގައި ހިންގާ އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) ގެ އަތުން ބޮޑު ބަދަލެއް ނަގައިދިނުމަށް އެދި ދަރިވަރުންތަކެއް ސިވިލް ކޯޓުގައި ދައުވާކޮށްފި އެވެ.
ޕްރޯ ބޯނޯ އުސޫލުން 48 ދަރިވަރުންގެ ފަރާތުން ކޯޓަށް އެ މައްސަލަ ހުށަހަޅައި ތަމްސީލުކުރަނީ ޕްރިމިއާ ޗެމްބާސް އިންނެވެ. މިދިޔަ އަންގާރަ ދުވަހު ކޯޓަށް ހުށަހެޅި މައްސަލަ ވަނީ ބަލައިގެންފަ އެވެ.
އެ މައްސަލައިގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ދަރިވަރުންނާ ދެމެދު ވެފައިވާ އެއްބަސްވުމަށް ފްލައިން ސްކޫލުން ހިލާފުވެފައިވާ ކަމަށް ކަނޑައަޅައި އަދި ދަރިވަރުންނަށް ތަމްރީނު ދިނުމުގައި ހައްގު ނޫން ފައިސާތަކެއް ނަގާފައިވާތީ އެއީ ދަރިވަރުންނަށް އަނބުރާ ދޭންޖެހޭ ފައިސާތަކެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.
އޭގެ އިތުރުން މި މައްސަލައިގައި ދައުވާކުރާ 48 ދަރިވަރުން ހިދުމަތް ހޯދުމަށް އޭއޭއޭ އަށް ދައްކާފައިވާ 1،835،090.12 ޑޮލަރަކީ ފްލައިން ސްކޫލުން އެއްބަސްވުމާ ހިލާފުވުމުގެ ސަބަބުން ލިބިފައިވާ ސީދާ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ދަރިވަރުންނަށް ދައްކަންޖެހޭ ފައިސާ ކަމަށް ކަނޑައަޅައިދެއްވައި ހަތް ދުވަހުގެ ތެރޭގައި ދަރިވަރުންނަށް އެ ފައިސާ އެކީ އެއްފަހަރާ ދިނުމަށް އަމުރުކޮށްދިނުމަށް އެދިފައިވެ އެވެ.
ފްލައިން ސްކޫލުން ދަރިވަރުންނާ އެކު ވެފައިވާ އިހުމާލުތަކަށް ބެލުމެއް ނެތި އޭއޭއޭގެ ވިޔަފާރި ވިއްކާލައި ނުވަތަ މުދާ ވިއްކާލައި ރާއްޖެ ދޫކޮށް ދިއުމުގެ ފުރުސަތު ފަހިވެގެން ދިއުމަކީ ދަރިވަރުންނަށް އިޔާދަ ނުކުރެވޭނެ ގެއްލުމާ ކުރިމަތިލާންޖެހޭނެ ފަދަ ހާލަތެއްކަން ސާބިތުވާ ކަމަށް ކަނޑައަޅައި ދަރިވަރުންނަށް ބަދަލު ލިބެންދެން އޭއޭއޭގެ ވިޔަފާރި ވިއްކާނުލެވޭނެ ކަމާއި އެ ފަރާތުގެ ވިޔަފާރީގެ ހައްގުތައް ބަދަލުކުރުމާއި އެކަންކަން ދައުލަތުގެ އިދާރާތަކުގެ ރަޖިސްޓްރީކުރުމުގެ އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ކަނޑައަޅައިިދިނުމަށް ވެސް ދަރިވަރުން އެދިފައިވެ އެވެ.
ދައުވާގައި އެގޮތަށް އެެދުނުއިރު، މަތީ ތައުލީމު ފޯރުކޮށްދޭ އެވިޑު ކޮލެޖުން ވަނީ ފްލައިން ސްކޫލު ގަނެ އެ ތަން ހިންގުމުގެ މަސައްކަތާ މިދިޔަ މަހުގެ 24 ގައި ރަސްމީކޮށް ހަވާލުވެފަ އެވެ. ނަމަވެސް ފްލައިން ސްކޫލު ހިންގާނެ ހުއްދައެއް އަދި އެ ފަރާތަކަށް ނުލިބެ އެވެ.
ދައުވާގައި އެދުނު ގެއްލުމުގެ ބަދަލުގެ އިތުރުން ސީދާ އަދި ނުސީދާ ގެއްލުމުގެ ބަދަލު ހޯދުމަށް ކޮންމެ ދަރިވަރަކަށް، އޭއޭއޭގެ މައްޗަށް ވަކިން ދައުވާކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ކަނޑައަޅައިދިނުމަށް ވެސް އެދިފައިވާނެ ކަމަށް ޕްރިމިއާ ޗެމްބާސް އިން ބުންޏެވެ.
އައްޑޫގައި ފްލައިން ސްކޫލް ހިންގަން އޭއޭއޭ އަށް ދިން މުއްދަތު މި މަހަށް ހަމަވާއިރު، ކިޔެވުން ފުރިހަމަނުކުރެވި 175 ދަރިވަރުން އެބަތިއްބެވެ. ނަމަވެސް ގަން އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ އެ އެއްބަސްވުން އިތުރުނުކުރާނެ ކަމަށް ބުނެފަ އެވެ.
ފްލައިން ސްކޫލުގެ އެއްބަސްވުން އެވިޑުން ބާތިލްކޮށްފި
"އެވިޑުން ލައިސަންސް ނެގުމުގެ މަސައްކަތް ކުރިއަށްދޭ"
ޕައިލެޓު ތަމްރީނުތައް ހިންގަން ޖެހޭނީ އޭއޭއޭ އިން
އެވިޑަށް ފްލައިން ސްކޫލު ހިންގޭނީ އެތަން ގަނެގެން
ފްލައިން ސްކޫލްގެ ދަރިވަރުން "މަގުމަތިވެފައި"
ފްލައިން ސްކޫލުގެ ޑީންއަކަށް ބޭފުޅަކު ހަމަޖައްސައިފި
އިމާރާތެއް ނެތް، އައްޑޫން ފްލައިން ސްކޫލު ގެއްލިދާނެ؟
އެވިޑް ކޮލެޖުން އައްޑޫ ފްލައިން ސްކޫލް ގަނެ، ހިންގަނީ
މިލިއަނުން ހޭދަކޮށް އެތައް ދަރިވަރަކަށް ބޮޑު ލަނޑެއް!
ފްލައިން ސްކޫލު ހިންގަން އޭއޭއޭއަށް ދެން ޖާގައެއް ނެތް