Roadha Mihaaru
ނާޒިމްގެ ޕާޓީ އަކީ ޖޭޕީއަށް ލިބުނު ކްރެޑިޓެއް: ގާސިމް

ޖޭޕީން ބަޔަކު ނުކުމެ ޕާޓީއެއް ހެދުމަކީ ލިބުނު ކްރެޑިޓެއް: ގާސިމް

17 އޯގަސްޓް 2021

ޖުމްހޫރީ ޕާޓީގެ ތެރެއިން ބަޔަކު ނުކުމެ ޕާޓީއެއް ހެދުމަކީ، އެ ޕާޓީގައި އުޅުމުން ތަޖުރިބާ އާއި ހިތްވަރު ލިބޭކަން ދައްކައިދޭ، އަދި އެ ޕާޓީ އަށް ކްރެޑިޓް ލިބޭ ކަމެއް ކަމަށް ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޖުމްހޫރީ ޕާޓީގެ ތެރެއިން ބަޔަކު ނުކުމެ ޕާޓީއެއް ހެދުމަކީ، އެ ޕާޓީގައި އުޅުމުން ތަޖުރިބާ އާއި ހިތްވަރު ލިބޭކަން ދައްކައިދޭ، އަދި އެ ޕާޓީ އަށް ކްރެޑިޓް ލިބޭ ކަމެއް ކަމަށް ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ހެޑްކްއާޓަރު، މ. ކުނޫޒުގައި ރޭ ބޭއްވި މީޑިއާ ބްރީފިންއެެއްގައި ނޫސްވެރިއަކު ކުރި ސުވާލަަކަށް ޖަވާބުދެއްވަމުން ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ތެރެއަށް ސިޔާސީ ދާއިރާ އަށް ނުކުންނަ ބަޔަކަށް ކަމެއް ހާސިލުވުމަކީ އޭނާ ވަރަށް އުފާކުރައްވާ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި އެކަމާ އުފާ ކުރައްވަނީ ޖޭޕީން ނުކުުމެގެންދާ ބަޔަަކަށް ހިތްވަރާއި ތަރުބިއްޔަތު ލިބިގެން ދާތީ ކަމަށެވެ.

ޖޭޕީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވަނީ އެހެން ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިފަ އެވެ. އެކަމާ ބެހޭ ގޮތުން ރޭ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ގާސިމް ވިދާޅުވީ އޭގެ ސަބަބުން ޖޭޕީ އަށް މާ ބޮޑު ބަދަލެއް ނާންނަ ކަމަށެވެ.

"އަނެއްހެން މާބޮޑު ތަފާތެއް ނެތެއްނު؟ އެބޭފުޅުން ބޭނުންވާ ކަންތައްތައް ކުރާނެ ހިތްވަރާއި އަޒުމާއި، ޖޯޝާއި ފޯރިއާ ލިބިގެން މިތަނުގައި އުޅެފައި ނިކުމެގެން ދިޔައިމާ އެއީ އަޅުގަނޑުމެނަށް ލިބުނު ކްރެޑިޓެއް ކަމަށް އަޅުގަނޑު ދެކެނީ،" ގާސިމް ވިދާޅުވި އެވެ.

ޖޭޕީގެ ކައުންސިލްގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އާއި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން އަދި އެހެން ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ޖޭޕީ

ޖޭޕީގެ ކައުންސިލްގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އާއި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން އަދި އެހެން ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ޖޭޕީ

އެއީ ދެރައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖޭޕީގައި މަސައްކަތްކުރައްވައިގެން ސިޔާސީ ދާއިރާ އަށް ނުކުންނެވި ބައެއް ސިޔާސީ ވެރިންގެ މިސާލުތައް ވެސް ގާސިމް ދެއްކެވި އެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ނައިބަކަށް ވެސް އެހެރީ މި ޕާޓީގެ ބޭފުޅެއް. ދެން ހަމަ އެހެންމެ، ކުރީގެ ސަރުކާރު، ޔާމީންގެ ސަރުކާރުގައި ވެސް މަތީ މަގާމުތަކުގައި [ތިއްބެވި ބޭފުޅުންގެ ތެރެއިން] ރައީސް ޔާމީނަށް ކަމުދިޔަ ބަޔަކު ތިބީ އަޅުގަނޑުމެންގެ ޕާޓީގެ ތެރެއިން ދިޔަ މީހުން،" ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ތެރެއިން ނުވަތަ ގާސިމްްގެ އިންސްޓްޓިއުޝަންތަކުގެ ތެރެއިން ނުކުމެގެން އަންނަ މީހުންގެ ކޮލިޓީ އެެބަހުރިކަން އެކަމުން އެނގޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކުރިއަށް ދާން ބޭނުންވާ ފަރާތްތަކުން އެ ޕާޓީއާ ގުޅުމަކީ "ދިއްލިފައި ހުރި ބޮޑު ދަންމަރެއް"ހާ ސާފުކޮށް ފެންނަން އޮތް ކަމެއް ކަމަށް ގާސިމް ވެސް ގާސިމް ވިދާޅުވި އެވެ.