Roadha Mihaaru
ނާޒިމާއި ރިޔާޒަށް 10 މިލިއަން ހަރަދު ކުރިން: ގާސިމް

ނާޒިމާއި ރިޔާޒަށް 10 މިލިއަން ރުފިޔާ ހަރަދުކުރިން، އިހުލާސްތެރިއެއް ނުވި: ގާސިމް

13 ސެޕްޓެމްބަރ 2021

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އުފައްދަވަން މަސައްކަތް ކުރައްވާ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރުމަށް 10 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި ނަމަވެސް އެ ދެ ބޭފުޅުން އިހުލާސްތެރި ނުވި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ޖޭޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި، އެ ޕާޓީން ވަކިވެވަޑައިގެން އެމްއެންޕީ އުފައްދަވަން މަސައްކަތް ކުރަމުން ގެންދަވާ ނާޒިމް އާއި ރިޔާޒަށް ފާޑު ވިދާޅުވަމުން ގާސިމް ވިދާޅުވީ އެ ދެ ބޭފުޅުންގެ ތެރެއިން ކޮންމެ ބޭފުޅެއް މަޖިލީހަށް އިންތިހަބު ކުރުމަށް 4-5 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ ދާއިރާތަކުގެ ރައްޔިތުންނަށް އެހީވުމާއި ބޭސްފަރުވާ އާއި ބޭރަށް ކިޔަވަން ފޮނުވުން ފަދަ ގިނަ ކަންކަން އެމަނިކުފާނުގެ އަމިއްލަ ހަރަދުގައި ކުރެއްވި ކަމަށާއި ނަމަވެސް ފަސް އަހަރު ނިމެންދެން ނާޒިމާއި ރިޔާޒަށް ޕާޓީގައި މަަޑުކޮށް ނުލެވުނު ކަމަށް ގާސިމް ވިދާޅުވި އެވެ.

"އިހުލާސްތެރިކަމުގެ ކުޑަ މިންވަރެއް ވެސް ހުރި ނަމަ ޖޭޕީގެ ޓިކެޓުގައި ފަސް އަހަރު ހުންނާނެ. ދިހަ މިލިއަން ރުފިޔާ އަނބުރާ ދިން ނަމަ ވެސް ނިދާފައި އޮތް ޕާޓީއެއް ވީމަ ކުރިޔަށް އޮތް މަސައްކަތްތަކަށް ވެސް ރަނގަޅު ވީސް. އެކަމަކު އިހުލާސްތެރިވާކަށް މި ބޭފުޅުންނަށް ނޭނގުނު،" ގާސިމް ވިދާޅުވި އެވެ.

ނާޒިމް އާއި ރިޔާޒަކީ ވަރަށް ކައިރިން ގެންގުޅުއްވި ދެ ބޭފުޅުން ކަމަށާއި ހާއްސަކޮށް ރިޔާޒަކީ އާއިލީ ގޮތުން ވެސް ގުޅުން އޮންނަ ބޭފުޅަކަށް ވާތީ އެމަނިކުފާނަށް ވަރަށް އިތުބާރު ކުރެއްވި ކަމަށް ގާސިމް ވިދާޅުވި އެވެ.

މިއަދު އެމްއެންޕީ ހައްދަވައިގެން "ކުޑަވެސް ލަދެއް ހުރި ނަމަ" ޖޭޕީއަށް ފާޑު ކިޔާކަށް ކެރިވަޑައިނުގެންނަވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.