Roadha Mihaaru
ބިލެތްފަހި އެއާޕޯޓަށް ގިނަ ބަޔަކު ޝައުގުވެރިވެއްޖެ

ބިލެތްފަހީގެ އެއާޕޯޓް އަޅަން ގިނަ ބަޔަކު ޝައުގުވެރިވެއްޖެ

11 ސެޕްޓެމްބަރ 2021

ށ. ބިލެތްފަހީގައި އެއާޕޯޓެއް ހަދަން މި ސަރުކާރުން ހުޅުވައިލުމުން ގިނަ ކުންފުނިތަކަކުން ޝައުވެރިކަން ފާޅުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ށ. ބިލެތްފަހީގައި އެއާޕޯޓެއް ހަދަން މި ސަރުކާރުން ހުޅުވައިލުމުން ގިނަ ކުންފުނިތަކަކުން ޝައުވެރިކަން ފާޅުކޮށްފި އެވެ.

އެ ރަށުގެ އިތުރުން މ. މުއްޔާއި ބ. ތުޅާދޫގައި އެއާޕޯޓް ހެދުމުގެ ޕްލޭން އިއުލާނުކޮށް، ސަރުކާރުން ބުނެފައި ވަނީ ބިލެތްފައްސާއި މުލީގެ އެއާޕޯޓް މި އަހަރު ހަވާލުކުރެވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.

ށ. އަތޮޅާއި ރ. އަތޮޅަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ހަފުތާގައި ކުރެއްވި ދަތުރުފުޅުގައި އަތޮޅު ކައުންސިލުން ހުށަހެޅީ ށ. ކޮމަންޑޫގައި އެއާޕޯޓެއް އަޅައިދިނުމަށެވެ. ސަރުކާރުގެ ސިޔާސަތަކީ ކޮންމެ 20 މިނެޓަކުން ދެވޭ ހިސާބުގައި އެއާޕޯޓެއް އޮތުން ކަމަށް ވާއިރު، ކޮމަންޑޫގެ މީހުންގެ ކަންބޮޑުވުންތަކެއް ހުރި ކަމަށް އަތޮޅު ކައުންސިލުން ރައީސްއާ ހިއްސާކުރެއްވި އެވެ.

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހްމަދު ހަމްދާން "މިހާރު"އަށް ވިދާޅުވީ ބިލެތްފަހީގެ އެއާޕޯޓް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާކަން އެ ބައްދަލުވުމުގައި އަތޮޅު ކައުންސިލްގެ ބޭފުޅުންނަށް ރައީސް ދެންނެވި ކަމަށެވެ.

ހަމްދާން ވިދާޅުވި ގޮތުގައި، ހުށަހެޅުންތައް ލިބިފައި ވަނީ ދިވެހި ކުންފުންޏެއް ހިމެނޭ ގޮތަށެވެ.

"ޕްރޮޕޯސަލްތަކުގެ ދެން އޮތީ އިވެލުއޭޝަން ސްޓޭޖް," އޭނާ ވިދާޅުވި އެވެ.

ހަމްދާން ވިދާޅުވީ، އެއާޕޯޓާއެކު އެ ސަރަހައްދުގައި ވެސް އެ ހުޅެވެނީ ޓޫރިޒަމާއި އިގްތިސާދީ ކުރިއެރުމުގެ އާ ފުރުސަތުތެއް ކަމަށެވެ.

ށ. ފުނަދޫ: ސެޕްޓެމްބަރު 8، 2021: ސަރުކާރުން ހިންގާ މަޝްރޫއުތައް ބައްލަވާލައްވައި ރައްޔިތުންގެ ކަންބޮޑުވުން އޮޅުންފިލުއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވާ ސިލްސިލާ ދަތުރުތަކަގައި ށ. ފުނަދޫ އަށް ވަޑައިގެން އެރަށުގެ ކައުންސިލާއި އަންހެނުން ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ މެމްބަރުންނާ ބައްދަލުކޮށް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

އެއާޕޯޓްތައް ތަރައްގީ ކުރަން ބޭރުގެ ފަރާތްތަކާ ހަވާލުކުރިއަސް އެއްވެސް އެއާޕޯޓެއް ޕްރައިވެޓައިޒް ނުކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ދަތުރުފަތުރަށް ލުއި އިންތިޒާމެއް ހަމަޖައްސައިދޭން މި ސަރުކާރުގެ ވެސް ސިޔާސަތަކީ ކޮންމެ ރަށަކުން ވެސް ވިއްސަކަށް މިނެޓުން ދެވޭ ހިސާބުގައި އެއާޕޯޓެއް އެޅުމެވެ. އެއާއެކު ސްޕީޑް ފެރީ ނިޒާމަކުން ރަށްތައް ގުޅުވާލުމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ށ. އަތޮޅާއި ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ތިން އެއާޕޯޓަކާ ގުޅޭ ގޮތުން ކައުންސިލްތަކުން އެ މަނިކުފާނަށް ހުށަހަޅައި އެ ވާހަކަތައް ދިޔަ އެވެ. އެއީ އަލިފުށީ އެއާޕޯޓުގެ އިތުރުން ކޮމަންޑު އާއި ފުއްސަރުގައި އެއާޕޯޓެއް އެޅުމެވެ.