Roadha Mihaaru
އިންޑިއާގައި ދިވެހި ސިފައިންގެ މީހަކު މަރުވެއްޖެ

އިންޑިއާގައި ތަމްރީނު ހަދަމުންދިޔަ ދިވެހި ސިފައިންގެ މީހަކު މަރުވެއްޖެ

25 ސެޕްޓެމްބަރ 2021

އިންޑިއާގައި ތަމްރީނު ހަދަމުންދިޔަ، އުމުރުން 22 އަހަރުގެ ދިވެހި ސިފައިންގެ މީހަކު މިއަދު މަރުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އިންޑިއާގައި ތަމްރީނު ހަދަމުންދިޔަ، އުމުރުން 22 އަހަރުގެ ދިވެހި ސިފައިންގެ މީހަކު މިއަދު މަރުވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ޕޫނާގައި ހުންނަ ނޭޝަނަލް ޑިފެންސް އެކަޑެމީގައި ތަމްރީނު ހަރަކާތުގައި އުޅެނިކޮށް މިއަދު މެންދުރުފަހު މަރުވީ އއ. ހިމަންދޫ، ރޯސް މީޑް މުހައްމަދު ސުލްތާން ކަމަށެވެ.

އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑެމީގައި ތަމްރީނު ހަދަމުން ދަނިކޮށް މިއަދު މަރުވި އުުރުން 22 އަހަރުގެ ސުލްތާން ތަމްރީނުތަކުގެ ތެރެއިން ފޮޓޯއަކަށް ހުއްޓިގެން.

އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑެމީގައި ތަމްރީނު ހަދަމުން ދަނިކޮށް މިއަދު މަރުވި އުުރުން 22 އަހަރުގެ ސުލްތާން ތަމްރީނުތަކުގެ ތެރެއިން ފޮޓޯއަކަށް ހުއްޓިގެން.

ޕްރައިވެޓް ރޭންކުގައި ހުރި އެ ޒުވާން ސިފައިންގެ މީހާ މަރުވި ސަބަބެއް އެމްއެންޑީއެފަކުން އަދި ހާމަ ނުކުރެ އެވެ.

National Defence Academy

ސުލްތާން ތަމްރީނު ހަދަމުން އައި އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑެމީގެ މައުލޫމާތު.

އެމްއެންޑީއެރުން ބުނީ، ސުލްތާންގެ ހަށިގަނޑު ރާއްޖެ ގެނައުމުގެ ކަންކަން މިހާރު ކުރިއަށް ގެންދާ ކަމަށެވެ.