Roadha Mihaaru
ކައުންސިލްގެ ވަޒީފާތަކަށް ބިދޭސީން ނުނަގަން ނިންމައިފި

މާލެ ސިޓީ ކައުންސިލްގެ ވަޒީފާތަކަށް ބިދޭސީން ނުނަގަން ނިންމައިފި

14 އޮކްޓޯބަރ 2021

މާލޭ ސިޓީ ކައުންސިލްގެ ވަޒީފާތަކަށް އިތުރު ބިދޭސީން ނުނެގުމަށް އެ ކައުންސިލުން މިއަދު ނިންމައިިފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

މާލޭ ސިޓީ ކައުންސިލްގެ ވަޒީފާތަކަށް އިތުރު ބިދޭސީން ނުނެގުމަށް އެ ކައުންސިލުން މިއަދު ނިންމައިިފި އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމުގައި މާލޭ ސިޓީ ކައުންސިލްގައި މިހާރު މަސައްކަތްކުރަމުންދާ ބިދޭސީންގެ އަދަދު މަދުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ކައުންސިލްގެ ވަޒީފާތަކަށް އިތުރަށް ބިދޭސީން ނުނެގުމަށް ނިންމާފައިވާ ކަމަށާއި، މިހާރު ބިދޭސީން މަސައްކަތް ކުރަމުންދާ ވަޒީފާތަކަށް ވެސް ދިވެހިން ނެގުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، ދިވެހިން ވަޒީފާތަކަށް ނަގާއިރު، ޒުވާނުންނަށް ހާއްސަކޮށް ވަކި ޕަސެންޓެއް ކަނޑައަޅާނެ ކަމަށެވެ.

ވަޒީފާތަކަށް ދިވެހިންގެ ބަދަލުގައި ބިދޭސީން ނަގާ މައްސަލަ ބޮޑުވެފައިވާއިރު، ސިޓީ ކައުންސިލްގެ ދަށުން ވެސް ގިނަ އަދަދެއްގެ ބިދޭސީން މި ވަގުތު މަސައްކަތް ކުރަމުން ދެ އެވެ.