އައްޑޫގައި ހިންގަމުން ދިޔަ އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) ގެ ބައެއް ތަކެތި ނީލަން ކިޔައި ވިއްކާލައިފި އެވެ.
15 ފެބުރުއަރީ 2022
އައްޑޫގައި ހިންގަމުން ދިޔަ އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) ގެ ބައެއް ތަކެތި ނީލަން ކިޔައި ވިއްކާލައިފި އެވެ.
ސްރީ ލަންކާގެ ކުންފުންޏަކުން ހިންގަމުންދިޔަ އޭއޭއޭގެ މައްސަލަތައް ބޮއްސުންލައިގެން ދިއުމާއި އެކި މައްސަލަތަކާ ހެދި ގަން އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ އެ ތަނުގައި ފްލައިން ސްކޫލް ހިންގުމަށް ދީފައިވާ މުއްދަތު އިތުރުނުކުރަން ނިންމައިފަ އެވެ.
އެއާއެކު، އޭއޭއޭގެ ހިންގުން މިދިޔަ އަހަރުގެ މެދުތެރޭގައި ހުއްޓި، އޭގެ ދުވަސްކޮޅެއް ފަހުން، އެ ފްލައިން ސްކޫލްގައި މަސައްކަތް ކުރަމުން ދިޔަ ގިނަ ބަޔަކު ރާއްޖެ އިން ވަނީ ފުރައިފަ އެވެ.
ނަމަވެސް މި ފަހުން ވަނީ އެ ފްލައިން ސްކޫލުގައި ހުރި ބައެއް ތަކެތި ނީލަން ކިޔައި ވިއްކާލައިފަ އެވެ. އެ ތަނުގައި ބޭނުންކުރަމުން ދިޔަ 13 އެއާކްރާފްޓުގެ ތެރެއިން ދެ އެއާކްރާފްޓް ފިޔަވައި ބާކީ ހުރި ބޯޓުގެ ބައިތައް ރޫޅާލައި، ކޮންޓެއިނަރުގައި ބަންދު ކޮށްފައިވާ ކަމަށް ވެސް، އެ ތަން ބަންދުކުރުމާ ހަމައަށް ފްލައިން ސްކޫލުގައި ކިޔެވި ދަރިވަރަކު ބުންޏެވެ.
އެ ދެ އެއާކްރާފްޓަކީ މޯލްޑިވިއަން އެއާލައިނުން ގަތް ދެ ބޯޓެވެ. ގައުމީ އެއާލައިން އިސްނަގައިގެން މިދިޔަ މަހު ވަނީ އާ ފްލައިން ސްކޫލެއް ހުޅުވައި ދަރިވަރުންނަށް ކިޔަވައިދޭން ފަށައިފަ އެވެ.
އޭއޭއޭގެ ދަރިވަރުން ވަނީ ކޯހުގެ ފީގެ ގޮތުގައި އެތައް ހާސް ޑޮލަރެއް ދައްކައިފަ އެވެ. ނަމަވެސް ކިޔެވުން ފުރިހަމަ ނުކުރެވި 100 އަށް ވުރެ ގިނަ ދަރިވަރުން އެބަތިއްބެވެ. އެކަމާ ގުޅިގެން އޭގެ ތެރެއިން ގިނަ ދަރިވަރުންތަކެއް ވަނީ ކޯސް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ހޯދުމަށާއި ރީފަންޑު ހޯދުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.
Dhivehi fasgandugai AAA inn hadhanee beynun ehcheh!#justiceforAAAStudents@ibusolih @FaisalNasym @Roxeyna @DrChubby @mabrouq @IbreyNaseem @ahmedabdulla2a@axanner @AasiKaleyfaan @SaifAxhar https://t.co/eM01s6fdcz
— Ahad ?? (@Ahad________) February 15, 2022
އެ މައްސަލަ އަދި ވެސް އޮތީ ދަށު ކޯޓުގަ އެވެ.
އޭގެ އިތުރުން އޭއޭއޭގެ ވިޔަފާރި ވިއްކާލުމާ ގުޅޭ ގޮތުން ނުވަތަ ވިޔަފާރީގެ ހައްގުތައް އެހެން ފަރާތަކަށް ބަދަލުކުރުމުގެ އެއްވެސް މުއާމަލާތެއް އެއްވެސް ފަރާތަކާ އެކު ކުރިއަށް ނުގެންދިއުމަށް އަމުރުކޮށްދިނުމަށް އެދި އަމުރަކަށް ވެސް ދަރިވަރުންގެ ފަރާތުން އެދުނެވެ. އެކަމަކު އެ މައްސަލައިގައި ކޯޓުން ވަނީ އެ ފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ކަނޑައަޅައިފަ އެވެ.
އޭއޭއޭގެ ދަރިވަރުން ބުނާ ގޮތުގައި ކިޔެވުން ކުރިއަށް ނުގެންދެވި މާލީގޮތުންނާއި ނަފްސާނީ ގޮތުން ވެސް ވަރަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވެ އެވެ. ދަރިވަރުންނަށް އެ ހާލު ޖެއްސި ކުންފުންޏަށް އެއްވެސް ފިޔަވައި ނާޅައި، މިނިވަންކަމާއެކު އުޅުމުގެ ފުރުސަތު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ދަރިވަރަކު ބުންޏެވެ.
"އެންމެ ފަހުން ދަރިވަރުންނަށް މި ހުރިހާ ގެއްލުމެއް ވެސް ލިބުނީ،" އެ ދަރިވަރު ބުންޏެވެ.
މި ކަމާ ގުޅިގެން އޭއޭއޭގެ ބަހެއް ނުލިބެ އެވެ.
ފްލައިން ސްކޫލްގެ ދަރިވަރުން "މަގުމަތިވެފައި"
މިލިއަނުން ހޭދަކޮށް އެތައް ދަރިވަރަކަށް ބޮޑު ލަނޑެއް!
އޭއޭއޭ ހިންގާނެ ދިވެހި ކޮލެޖެއް މި ހަފުތާ ކަނޑައަޅަނީ
ފްލައިން ސްކޫލުގެ ކިޔެވުން މި މަހުގެ ފަހުކޮޅު ފެށޭނެ
ފްލައިން ސްކޫލު ހިންގަން ގަން އެއާޕޯޓާއެކު ސޮއިކޮށްފި
ފްލައިން ސްކޫލުގެ އެއްބަސްވުން އެވިޑުން ބާތިލްކޮށްފި
ފްލައިން ސްކޫލު ހިންގަން އޭއޭއޭއަށް ދެން ޖާގައެއް ނެތް
ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު މޯލްޑިވިއަނުން ހޯދަނީ
އައްޑޫ ފްލައިން ސްކޫލު މައްސަލައިގައި އޭޖީގެ ލަފައަކަށް
ފްލައިން ސްކޫލުގެ ދަރިވަރުންގެ ލޯނު މިނިސްޓްރީގެ ދަށަށް