ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮވެގެން ގާނޫނުއަސާސީ އިސްލާހު ކުރެވޭ ގޮތަށް މިހާރު އޮތް އޮތުން ބަދަލު ކުރަން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮވެގެން ގާނޫނުއަސާސީ އިސްލާހު ކުރެވޭ ގޮތަށް މިހާރު އޮތް އޮތުން ބަދަލު ކުރަން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާނޫނުއަސާސީގެ 261 ވަނަ މާއްދާގައި ބުނާ ގޮތުން ގާނޫނުއަސާސީ އަށް އިސްލާހެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ގާނޫނަކުންނެވެ.
މި މަޖިލީހާއި މިދިޔަ 19 ވަނަ މަޖިލީހުގައި ވެސް ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި ގޮނޑި ކާމިޔާބު ކޮށްފައި ވަނީ އެއް ޕާޓީއަކުންނެވެ. އެހެންވެ އެއް ޕާޓީއަކަށް ގާނޫނުއަސާސީ ބަދަލު ކުރުމުގެ ފުރުސަތު އޮތީ ފަހިވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގާސިމް ވިދާޅުވީ ގާނޫނުއަސާސީ އަށް މިއަދު 16 އަހަރު ފުރުނު އިރު މައިގަނޑު ދެ ބަދަލެއް ގެނެސްފައިވާ ކަމަށެވެ. އެ ދެ ފަހަރު ވެސް އެކަން ކޮށްފައި ވަނީ ވަރަށް ފަސޭހައިން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މީގެ ކުރިން އެކަން އޮންނަނީ އެހާ ފަސޭހައިން ކުރެވޭ ގޮތަކަށް ނޫނެވެ. ހާއްސަ މަޖިލިސް އެއްކޮށްގެން ނޫނީ ގާނޫނުއަސާސީ އަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށް ވިދާޅުވި އެވެ.
"ގާނޫނުއަސާސީ އިސްލާހު ކުރަން މަޖިލީހަށް މިހާރު ލިބިފައިވާ ހުރިހާ ބާރެއް، އެގޮތަށް އޮތުމުގެ ބަދަލުގައި ކޮންމެވެސް މެކެނިޒަމްއެއްލާން ޖެހޭ އެހާ ފަސޭހައިން އެކަން ނުކުރެވޭނެ ގޮތެއް ހޯދަން،" ގާސިމް ވިދާޅުވި އެވެ.
މަޖިލީހުގެ 75 ޕަސެންޓު މެޖޯރިޓީ ލިބޭ ޕާޓީއަކަށް ގާނޫނުއަސާސީ ބަދަލު ކުރެވޭ ނަމަ ނުރަނގަޅު ކަންކަން ހިނގާފާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ހާއްސަ މަޖިލީހެއް އުފެއްދިޔަސް އެފަދަ ކަމެއް ދިމާވެދާނެ ކަމަށާއި ނަމަވެސް އޭރުން ގިރާކުރަން ޖެހޭ ހަރުފަތަށް މިހާރަށް ވުރެ ގިނަވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"ކަނޑައެޅިގެން ބައެއްގެ ވިސްނުމަށް އަންނަ ހިޔާލެއްގެ ސަބަބުން [ގާނޫނުއަސާސީން ލިބިދޭ] ފަންޑަމަންޓަލް ރައިޓެއް ނުވަތަ އިސްލާމް ދީނާ ގުޅޭ އަކުރުތަކަށް ވެސް ބަދަލުތަކެއް ގެނެސްދާނެ،" ގާސިމް ވިދާޅުވި އެވެ.
ގާނޫނުއަސާސީ އަށް ގެނައި އެންމެ ބޮޑު އެއް އިސްލާހަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ބޭރު ފަރާތްތަކަށް ރާއްޖެއިން 99 އަހަރަށް މިލްކު ކުރެވޭ ގޮތަށް ގެނައި އިސްލާހެވެ. ނަމަވެސް ޖެހިގެން އައި އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން އެ މާއްދާ ކުރިން އޮތް ގޮތަށް ރުޖޫއަ ކުރި އެވެ.
އޭގެ ފަހުން އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން ވަނީ ލާމަރުކަޒީ އުސޫލުގެ މާއްދާތަކަށް ބަދަލު ގެނެސްފަ އެވެ. ކައުންސިލްތަކުގެ މުއްދަތު ތިން އަހަރަށް އޮއްވައި، އެ މުއްދަތު ފަސް އަހަރަށް ވަނީ ބަދަލުކޮށްފަ އެވެ.
މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ ލެޖިސްލޭޓިވް އެޖެންޑާ ތެރޭގައި ވެސް ގާނޫނުއަސާސީ އަށް ބޮޑެތި އިސްލާހުތަކެއް ގެނައުން ހިމެނެ އެވެ. އޭގެ ތެރޭގައި ޖުޑިޝަލް ސާވިސް ކޮމިޝަންގެ އެކުލެވުން ބަދަލު ކުރުމާއި މަޖިލީހުގައި ތިއްބަވާ މެންބަރުންގެ އަދަދު ކަނޑައެޅުން ހިމެނެ އެވެ.
ކޮންމެ ފަސް އަހަރަކުން މެމްބަރުން އިތުރުވުން ރަނގަޅު؟
މެމްބަރުންގެ އަދަދު 87 ގައި ހިފެހެއްޓުމުގެ އިސްލާހެއް
ގާނޫނުއަސާސީގައި ހިމެނި 65 އަހަރުގެ ޝަރުތު ބާތިލް
މަޖިލިސް ރައީސްގައި, ރައީސްގެ ޝަރުތު ހުންނާކަށް ނުޖެހޭ
ގޮނޑި ގެއްލޭ އިސްލާހު ސައްހަކަމަށް ކަނޑައަޅަން އެދެފި
ވަގުތީއަމުރާ މެދު ގޮތް ނިންމާ އަޑުއެހުން ކެންސަލްކޮށްފި
"ގާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު އޮތީ ރައްޔިތުންނަށް"
ކާޑެއްދޫ އެއާޕޯޓު ހަވާލުކުރަން ދެކޮޅުނުހަދާނަން: ގާސިމް
ގޮނޑީގެ މައްސަލާގައި ނިންމީ ޝަރީއަތް ކުރިއަށް ގެންދަން
"އިސްލާހު ގެނައީ އުސޫލުން ކަމަށް ގަބޫލެއް ނުކުރެވޭ"