މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ރުބެން އަމޯރިމްގެ ދައުރުގައި އެ ޓީމަށް ސޮއިކުރުވި ފުރަތަމަ ކުޅުންތެރިޔާގެ ގޮތުގައި ޑެންމާކުގެ ފުލްބެކް ޕެޓްރިކް ޑޯގޫ ތައާރަފުކޮށްފި އެވެ.
މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ރުބެން އަމޯރިމްގެ ދައުރުގައި އެ ޓީމަށް ސޮއިކުރުވި ފުރަތަމަ ކުޅުންތެރިޔާގެ ގޮތުގައި ޑެންމާކުގެ ފުލްބެކް ޕެޓްރިކް ޑޯގޫ ތައާރަފުކޮށްފި އެވެ.
އިޓަލީގެ ލެއްޗޭ އަށް ކުޅެމުން އައި އުމުރުން 20 އަހަރުގެ ކުޅުންތެރިޔާ ޔުނައިޓެޑުން ގަތީ 37 މިލިއަން ޑޮލަރަށެވެ. މިދިޔަ ދެ ސީޒަނުގައި ލެއްޗޭގައި މޮޅު ކުޅުމެއް ދެއްކި ޑޯގޫ ގެންދަން އިޓަލީގެ ނަޕޯލީން ވެސް މަސައްކަތްކުރި އެވެ.
ޔުނައިޓެޑުން އޭނާ ގަންނަން ކުރި މަސައްކަތަށް އެންމެ ފުރަތަމަ ހުރަސް އެޅުނީ ލެއްޗޭ އިން ކިޔާ އަގު ބޮޑުވުމުންނެވެ. ޔުނައިޓެޑުގެ މިހާރުގެ އުސޫލުގެ ދަށުން އެ އަގު ދިނުމަށް އުނދަގޫވި އެވެ. އެކަމަކު ޑޯގޫ އަކީ އަމޯރިމް ޓީމު ކުޅުވާ 3-4-3 ފޯމޭޝަނަށް މުހިއްމު ކުޅުންތެރިޔަކަށް ވާތީވެ މެނޭޖްމަންޓުން އެންމެ ފަހުން އެއްބަސްވީ އެވެ.
ޑޯގޫ އަކީ ޑިފެންސް ކުރުމާއި، އެޓޭކްކުރުމުގެ ހުނަރު ހުރި، ދުވެލި ބާރު، އަދި މަސައްކަތުގެ ރޭޓު ވަރަށް މަތީ ކުޅުންތެރިއެކެވެ.
ޑޯގޫ ބުނީ ޔުނައިޓެޑަކީ އޭނާ ކުޅުންތެރިއެއްގެ ގޮތުގައި އިތުރަށް ކުރިއަރައި، އަމާޒުތަކަށް ވާސިލްވުމަށް އެންމެ ރަނގަޅު ކްލަބް ކަމަށް ދެކޭ ކަމަށެވެ.
"އަހަރެންގެ ކުރިއެރުމަށް ފުރިހަމަ ޕްލޭނެއް އެބައޮތް،" ޑޯގޫ ބުންޏެވެ.
"މިއީ އިންގްލެންޑުގެ އެންމެ ބޮޑު ކްލަބް. ވަރަށް ފަހުރުވެރިވޭ މި ކްލަބާ ގުޅެވުނީތީ."
ޔުނައިޓެޑުން ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި ދެން ގެނައި ކުޅުންތެރިޔަކީ އާސެނަލްގެ އިނގިރޭސި ޑިފެންޑަރު އައިޑެން ހޭވެން އެވެ.
ޔުނައިޓެޑުން ދޫކޮށްލި ކުޅުންތެރިންގެ ތެރޭގައި ކުރީގެ ކޯޗު އެރިކް ޓެން-ހަގް ރެކޯޑް އަގަކަށް ގެނައި ބްރެޒިލްގެ ވިންގާ އެންޓޮނީ ހިމެނެ އެވެ. އޭނާ ލޯން އުސޫލުން ބަދަލުވީ ސްޕެއިނުގެ ރެއާލް ބެޓިސް އެވެ. އަދި އެ ޓީމުގެ ފޯވާޑް މާކަސް ރަޝްފޯޑް ވެސް ވަނީ ލޯން އުސޫލުން އެސްޓަން ވިލާ އަށް ބަދަލުވެފަ އެވެ.
ޔުނައިޓެޑްގެ އާ ސްޓޭޑިއަމް ހަދަން ޓްރެފޯޑް ތަޅާލަނީ
ލިވަޕޫލުގެ ކިޓް ޕާޓްނަރަކަށް އެޑިޑާސް
ތަށީގެ އުއްމީދު ގެއްލުނީއޭ ބުނަން އާޓެޓާ ބޭނުމެއް ނޫން
އެފްއޭ ކަޕުން ކެޓިއަސް ޓާގެޓަކީ ލީގު: އަމޯރިމް
ޔުނައިޓެޑްގެ ވަޒީފާ ގެއްލިދާނެތީ އަމޯރިމް ކަންބޮޑެއްނުވޭ
ޔުނައިޓެޑުން އިތުރު 200 މުވައްޒަފުން ވަކި ކުރަނީ
ޔުނައިޓެޑްގެ ވެރިންނާ ދެކޮޅަށް ނިއުޒިލެންޑުން ކޯޓަށް
ރަޝްފޯޑަށްވުރެ 63 އަހަރުގެ ކޯޗު ވެސް ރަނގަޅު
މާޓިނޭޒްގެ ނަސީބު ގޯލުން ޔުނައިޓެޑަށް ހިނިތުންވުން
އެންމެ ދަށް ޓީމޭ އަމޯރިމް ބުނުމުން އަސަރުކުރި: ބްރުނޯ