މެންޗެސްޓާ (ފެބްރުއަރީ 12) – މެންޗެސްޓާ ޔުނައިޓެޑްގެ ވަޒީފާތަކުން އިތުރު 200 އެއްހާ މުވައްޒަފުން ވަކި ކުރަން ނިންމައިފި އެވެ.
12 ފެބުރުއަރީ 2025
މެންޗެސްޓާ (ފެބްރުއަރީ 12) – މެންޗެސްޓާ ޔުނައިޓެޑްގެ ވަޒީފާތަކުން އިތުރު 200 އެއްހާ މުވައްޒަފުން ވަކި ކުރަން ނިންމައިފި އެވެ.
މި ފިޔަވަޅު އަޅަނީ، އެ ކްލަބްގެ ހިނގުމުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުންނެވެ. މިދިޔަ ހަރީފް މޫސުމުގައި (ސެޕްޓެމްބަރުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް) ޔުނައިޓެޑުން ވަނީ 250 އެއްހާ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފަ އެވެ.
ޔުނައިޓެޑްގެ ކޯ އޯނަރު ޖިމް ރެޓްކްލިފް ވަނީ ކްލަބްގެ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ. މިދިޔަ ތިން އަހަރުތެރޭ ޔުނައިޓެޑަށް 300 މިލިއަން ޑޮލަރުގެ ގެއްލުން ކުރިމަތިވި އެވެ.
ވަކި ފަރުދުންގެ ތެރެއިން ޔުނައިޓެޑްގެ އެންމެ ބޮޑު ހިއްސާއެއް ކޮންޓްރޯލް ކުރާ ރެޓްކްލިފް ވަނީ 1.2 ބިލިއަން ޑޮލަރު އޭނާގެ ޖީބުން ކްލަބަށް ހަރަދުކޮށްފަ އެވެ.
މިދިޔަ އަހަރު ވެސް 300 މިލިއަން ޑޮލަރު ރެޓްކްލިފް ޔުނައިޓެޑަށް ހޭދަކުރި އެވެ. އެ ފައިސާގެ ބޮޑުބައެއް ހަރަދު ކުރީ އެ ކްލަބްގެ ޓްރޭނިން ސެންޓަރު އާބާތުރަ ފިލުވުމަށެވެ.
ޔުނައިޓެޑްގެ ކޯޗުން ބަދަލު ކުރުމަށް މިދިޔަ އޮކްޓޯބަރު މަހު ވެސް 21 މިލިއަން ޑޮލަރު އެ ކްލަބުން ހޭދަކުރި އެވެ. އެއީ މަގާމުން ވަކި ކުރި އެރިކް ޓެން ހަގާއި އޭނާގެ އެސިސްޓެންޓް ކޯޗުންނަށް ބަދަލުގެ ގޮތުގައި ދިން 10 މިލިއަން ޑޮލަރު ވެސް ހިމަނައިގެންނެވެ. މިހާރުގެ ކޯޗު ރުބެން އަމޯރިމް، ސްޕޯޓިން ލިޒްބަންގައި ހުއްޓައި އޭނާ ޔުނައިޓެޑަށް ގެންނަން 11 މިލިއަން ޑޮލަރު ހަރަދު ކުރި އެވެ.
ރެޓްކްލިފްގެ އިނިއޯސް ކުންފުނިން ކުޅިވަރުގެ އެހެން ކަންކަމަށް ކުރާ ހަރަދުތައް ކުޑަކޮށް ޔުނައިޓެޑަށް ބޮޑު ސަމާލުކަމެއް ދޭން އެ ކުންފުނިން ނިންމައިފަ އެވެ.
ނިއު ޒިލެންޑްގެ ރަގްބީ އެސޯސިއޭޝަނާ އެކު އިނިއޯސްއިން ހަދާފައިވާ ޕާޓްނާޝިޕް ދޫކޮށްލަން ވެސް އެ ކުންފުނިން މިހާރު ދަނީ ވިސްނުމުންނެވެ.
ތަށީގެ އުއްމީދު ގެއްލުނީއޭ ބުނަން އާޓެޓާ ބޭނުމެއް ނޫން
ޔުނައިޓެޑްގެ ވަޒީފާ ގެއްލިދާނެތީ އަމޯރިމް ކަންބޮޑެއްނުވޭ
ޔުނައިޓެޑްގެ ވެރިންނާ ދެކޮޅަށް ނިއުޒިލެންޑުން ކޯޓަށް
ރަޝްފޯޑަށްވުރެ 63 އަހަރުގެ ކޯޗު ވެސް ރަނގަޅު
މާޓިނޭޒްގެ ނަސީބު ގޯލުން ޔުނައިޓެޑަށް ހިނިތުންވުން
އެންމެ ދަށް ޓީމޭ އަމޯރިމް ބުނުމުން އަސަރުކުރި: ބްރުނޯ
އެންމެ ދަށް ޓީމޭ ބުނެވުމުން އަމޯރިމް މިހާރު ދެރަވޭ
އަމޯރިމްގެ ރުޅިގަނޑު ބޭލީ ޗޭންޖިން ރޫމުގެ ޓީވީ އަށް
ޓީމުން ޖާގަ ލިބޭތޯ ރަޝްފޯޑް ހާއްސަ ތަމްރީނުތަކެއް
އާސެނަލް ކެޓުމުން ހަވާޓްޒްގެ އާއިލާއަށް މަރުގެ އިންޒާރު