Roadha Mihaaru
"މަންމާ އަހަރެން މަރުވަނީ": މަރުވި މީހެއްގެ މެސެޖް

"މަންމާ އަހަރެން މި މަރުވަނީ": އޯލެންޑޯ ހަމަލާގައި މަރުވި މީހެއްގެ ފަހު މެސެޖް

14 ޖޫން 2016

ފްލޮރިޑާ (ޖޫން 14) - އެމެރިކާގެ ފްލޮރިޑާގެ އޯލެންޑޯގައި އެއްޖިއްސުން ގުޅުން ހިންގާ މީހުންގެ ކްލަބެއްގައި ބަޑިން ހަމަލާ ދޭން ފެށުމާ އެކު އެޑީ ޖަސްޓިން އޭނާގެ މަންމަ އަށް ފުލުފުލާ މެސެޖް ކުރަން ފެށި އެވެ. އޭނާ މެސެޖް ކުރީ ކްލަބުގެ ފާޚާނާގެ ތެރޭގައި ހުރެގެންނެވެ. މަންމަ ވަނީ އަނެއް ދުވަހު އެ މެސެޖްތައް ހިއްސާކޮށްފަ އެވެ. އަދި ފަހުން އެނގުނު ގޮތުގައި ކްލަބުން މަރުވި މީހުންގެ ލިސްޓުގައި އެޑީގެ ނަން އޮތެވެ.

ހަސަން އާމިރު ހަސަން އާމިރު

"މަންމާ އަހަރެން ވަރަށް ލޯބިވޭ،" މިނާ ޖަސްޓިސް ނިދާފައި އޮއްވާ ދަންވަރު 2:06 ގައި އޭނާގެ ދަރިފުޅު އެޑީ ޖަސްޓިސްގެ ފަރާތުން ލިބުނު ފުރަތަމަ މެސެޖުގައިވެ އެވެ.

"މި ހުރީ ކްލަބުގައި. އެ މީހުން ދަނީ ބަޑި ޖަހަމުން،" ދެން ލިބުނު މެސެޖުގައިވެ އެވެ.

އޯލެންޑޯގެ ނައިޓް ކްލަބަށް ދިން ހަމަލާގައި މަރުވި 49 މީހުންގެ ތެރޭގައި 30 އަހަރުގެ އެޑީ ވެސް ހިމެނެ އެވެ.

އެޑީގެ މަންމަ މިނާ ފޯނަށް ބަލަނީ: އޯލެންޑޯގެ ކްލަބަށް ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އޭނާގެ ދަރިފުޅު ހިމެނޭ

އެޑީގެ މަންމަ މިނާ ފޯނަށް ބަލަނީ: އޯލެންޑޯގެ ކްލަބަށް ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އޭނާގެ ދަރިފުޅު ހިމެނޭ

މިނާ ނަދާފައި އޮއްވާ ހޭލެވުނީ އޭނާގެ ދަރިފުޅުގެ މެސެޖުގެ އަޑަށެވެ. ދަރިފުޅަށް ފޯނު ކުރުމުން ޖަވާބު ނުދޭނީ މިނާ ވެސް މެސެޖް ކުރި އެވެ.

"ދަރިފުޅު އޯކޭތަ،" މިނާގެ މެސެޖުގައި ލިޔުނެވެ.

"މަންމާ އަހަރެން މިހުރީ ފާޚާނާގައި ތާށިވެފައި،" އެޑީ ޖަވާބު ދިނެވެ. އަދި އޭނާ ވަނީ އެ މީހުން ތިބީ ޕަލްސް ނައިޓް ކްލަބުގައި ކަމަށާއި ފުލުހުންނަށް ގުޅުމަށް އެދިފަ އެވެ.

ހާސްވެފައި ހުރި މިނާ ވެސް ވަނީ އެޑީ އަށް ފުލުފުލާ މެސެޖްކޮށްފަ އެވެ. އަދި ފުލުހުންނަށް އަންގަނީ ކަމަށް ބުންޏެވެ.

"އޭނާ އެބަ އާދޭ. އަހަރެން މި މަރުވަނީ،" 2:39 ގައި އެޑީ ކުރި މެސެޖުގައިވެ އެވެ.

އެކައުންޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރާ އެޑީ ހުރީ ކޮން ފާޚާނާއެއްގައި ތޯ އާއި ވަރަށް ގިނަ މީހުންނަށް އަނިޔާވިތޯ މަންމަ އޮޅުން ފިލުވި އެވެ. ބައިވަރު މީހުންނަށް އަނިޔާވި ކަމަށް އެޑީ ޖަވާބު ދިނެވެ. އަދި ފުލުހުން މިހާރު އެ ތަނަށް ހިނގައްޖެ ކަމަށް މަންމަ ބުންޏެވެ. އޭގެ ފަހުން މަންމަ ވަނީ "އެ މީހާ ހުރީ އެޑީއާ އެކު ފާޚާނާގައިތޯ" ސުވާލު ކޮށްފަ އެވެ.

އެޑީގެ ފަރާތުން 2:50 ގައި ލިބުނު ފަހު މެސެޖުގައި ވަނީ "އާއެކޭ" އެވެ. އޭގެ ފަހުން އެޑީގެ ޚަބަރެއް ނުވެ އެވެ. އަނެއް ދުވަހު ލިސްޓް ޗެކްކުރި އިރު ހަމަލާގައި މަރުވި މީހުންގެ ލިސްޓުގެ ނުވަ ވަނައިގައި އެޑީގެ ނަން އޮތެވެ.