Roadha Mihaaru
ހަމަލާ ދިން މީހާގެ އަންހެނުންނަށް ވެސް ދައުވާކޮށްފާނެ

ކްލަބަށް ހަމަލާ ދިން މީހާގެ އަންހެނުންނަށް ވެސް ދައުވާކޮށްފާނެ

15 ޖޫން 2016

ވޮޝިންޓަން (ޖޫން 15) - ފްލޮރިޑާގެ އޯލެންޑޯގެ ނައިޓް ކްލަބުގައި ބަޑިން ހަމަލާ ދީ 49 މީހުން މަރާލި އުމަރު މަތީންގެ އަންހެނުން ނޫރް ސަލްމާންގެ މައްޗަށް ވެސް ދައުވާ ކުރެވިދާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޖޫން 15) - ފްލޮރިޑާގެ އޯލެންޑޯގެ ނައިޓް ކްލަބުގައި ބަޑިން ހަމަލާ ދީ 49 މީހުން މަރާލި އުމަރު މަތީންގެ އަންހެނުން ނޫރް ސަލްމާންގެ މައްޗަށް ވެސް ދައުވާ ކުރެވިދާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕްރޮސެކިއުޓަރުންނާ ހަވާލާދީ ފޮކްސް ނިއުސް އިން ބުނެފައި ވަނީ ނޫރް ސަލްމާންއާ ދެކޮޅަށް ދައުވާ ކުރަން އުޅެނީ ހަމަލާއާ ބެހޭ މައުލޫމާތު އެނގި ހުރެ ފުލުހުންނަށް ރިޕޯޓްކޮށްފައި ނުވާތީ ކަމަށެވެ. އަދި ހަމަލާ ދިން ވަގުތު ކްލަބު ތެރޭގައި ހުރެ މަތީން އޭނާގެ އަންހެނުންނަށް ފޯނުކުރި ކަމަށް ވެސް ފޮކްސް އިން ބުނެފައިވެ އެވެ. އާދިއްތަ ދުވަހުގެ ރޭ ދިން ހަމަލާ އަށް ފަހު ނޫރްއާ ސުވާލު ކުރި ނަމަވެސް އަދި މިހާތަނަށް އޭނާ ހައްޔަރުކޮށްފައެއް ނުވެ އެވެ.

ފްލޮރިޑާގެ އޯލެންޑޯގައި ބަޑީގެ ހަމަލާ ދިން އުމަރު މަތީން

ފްލޮރިޑާގެ އޯލެންޑޯގައި ބަޑީގެ ހަމަލާ ދިން އުމަރު މަތީން

ހަމާލަގެ ތަހުގީގާ ބެހޭ މައުލޫމާތު ހިއްސާކުރި ސެނެޓުގެ އިންޓަލިޖެންސް ކޮމިޓިގެ މެންބަރު އަންގުސް ކިންގް ސީއެންއެން އަށް ވިދާޅުވީ "ހިނގާ ދިޔަ ކަންތަކުގެ މައުލޫމާތު ނޫރު އަށް އެނގޭ ކަމަށް" ބެލެވޭ ކަމަށެވެ. އަދި ހަމަލާއާ ގުޅޭ މުހިންމު މައުލޫމާތު އޭނާގެ ފަރާތުން ލިބިދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެމެރިކާގެ ބައެއް މީޑިއާތަކުން އިއްޔެ ބުނި ގޮތުގައި ނޫރް ސަލްމާން ވަނީ އުމަރު މަތީންއާ އެކު ގޮވާތަކެތި ގަންނަން ގޮސް އަދި މީގެ ކުރިން އެ ކްލަބަށް އުމަރު މަތީންއާ އެކު ޒިޔާރަތް ވެސް ކޮށްފަ އެވެ.

ބަޑީގެ ހަމަލާ ދިން ޕަލްސް ނައިޓް ކްލަބު

ބަޑީގެ ހަމަލާ ދިން ޕަލްސް ނައިޓް ކްލަބު

މަތީންގެ ބައްޕަ ސިއްދީގު މަތީން އިއްޔެ ބުނީ އެ މީހުންގެ ގެ އަށް ނޫރް ހޯމަ ދުވަހު އައި ކަމަށާއި އަދި އެ ގޭން ބައެއް ހެދުން ހިފައިގެން އޭނާ ދިޔަ ކަމަށެވެ. އެ ދެމަފިރިންނަށް ވަނީ ތިން އަހަރުގެ ކުއްޖަކު ލިބިފަ އެވެ.

އުމުރުން 29 އަހަރުގެ މަތީން ބަޑިން ދިން ހަމަލާގައި ވަނީ 49 މީހުން މަރުވެފަ އެވެ. މިއީ އެމެރިކާގެ ތާރީޚުގައި ވެސް ބަޑިން ދިން އެންމެ ނުރައްކާ ހަމަލާ އެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި ވޭތުވެދިޔަ ތިން އަހަރެއްހާ ދުވަހު މަތީން ވަނީ ޕަލްސް ނައިޓް ކްލަބަކަށް ޒިޔާރަތް ކޮށްފަ އެވެ.