Roadha Mihaaru
މައުމޫން އޮފީހުގެ ނަންބޯޑާއި ދިދަ ފުލުހުން ގެންގޮސްފި

މައުމޫންގެ އޮފީހުގައި ހުރި ނަންބޯޑާއި ޕީޕީއެމްގެ ދިދަ ފުލުހުން ގެންގޮސްފި

31 މާޗް 2017

ހ. ތެމާގައި ހިންގަމުންދާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އޮފީހުގެ ބޭރުގައި ހަރުކޮށްފައި ހުރި ނަންބޯޑާއި އެ ޕާޓީގެ ދިދަ ފުލުހުން ދެންމެ ގެންގޮސްފި އެވެ.

ހ. ތެމާގައި ހިންގަމުންދާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އޮފީހުގެ ބޭރުގައި ހަރުކޮށްފައި ހުރި ނަންބޯޑާއި އެ ޕާޓީގެ ދިދަ ފުލުހުން ދެންމެ ގެންގޮސްފި އެވެ.

މީގެ އިރުކޮޅެއް ކުރިން ފުލުހުން ގޮސް ޕީޕީއެމްގެ ދިދަ އާއި ނަންބޯޑު ނެއްޓިއިރު، ސިވިލް ކޯޓުގެ އަމުރާ އެއްގޮތަށް، މިއަދު ހަވީރު ހައެއްގެ ކުރިން އެ ތަކެތި ނެގުމަށް ފުލުހުން އޮތީ އަންގައިފަ އެވެ. ނަމަވެސް އެ ގަޑި ފަހަނައަޅައި ދިޔައިރު ވެސް ދިދަ އާއި ނަންބޯޑު ނުނެގުމުން ފުލުހުން ގޮސް ފިޔަވަޅު އެޅީ އެވެ.

މައުމޫންގެ އޮފީހުގެ ގޭޓް ތަޅުލާފައި ހުރުމުން ދިދަ ނެގީ ތަޅު ހަލާކުކޮށްލައިގެން ވަދެ ކަމަށް މަންޒަރު ދުށް މީހަކު ބުންޏެވެ. މައުމޫންގެ އޮފީހުގެ ދިދަ ޕޯސްޓް ހުންނަނީ އެ އޮފީހުގެ ގޯތި ތެރޭގަ އެވެ. ނަންބޯޑު ހުންނަނީ މަގުމައްޗަށް ވާ ގޮތަށެވެ.

ހ. ތެމާގައި ހިންގަމުން ގެންދާ ޕީޕީއެމްގެ ރައީސް މައުމޫންގެ އޮފީހުގެ ނަންބޯޑާއި ދިދަ ނެގުމަށް ފަހު، ފުލުހުން އެ އޮފީހުގެ ބޭރުގައި ފޯރިމަރަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

ހ. ތެމާގައި ހިންގަމުން ގެންދާ ޕީޕީއެމްގެ ރައީސް މައުމޫންގެ އޮފީހުގެ ނަންބޯޑާއި ދިދަ ނެގުމަށް ފަހު، ފުލުހުން އެ އޮފީހުގެ ބޭރުގައި ފޯރިމަރަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

ފުލުހުން މިއަދު ހަވީރު ނެރުނު އެންގުމެއްގައި ވަނީ ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާ ހަވާލު ކޮށްފައި ވަނިކޮށް، އެ ޕާޓީގެ ރައީސްގެ ނަމުގައި އޮފީހެއް ހަދައި، ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުންކޮށްގެން ޖަލްސާތަކާއި ހަރަކާތްތައް ހިންގައި ހެދުމަކީ ސިވިލް ކޯޓުގެ ހުކުމް ތަންފީޒުވިޔަ ދިނުމަށް ހުރަސް އެޅުމުގެ ގޮތުން ހިންގާ ހަރަކާތްތަކާއި އަމަލުތަކެއް ކަމަށެވެ. އެހެންވެ، ސިވިލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް ހުރިހާ ފަރާތްތަކުން އަމަލު ކުރަން ފުލުހުން ވަނީ އެ އެންގުމުގައި ގޮވާލައިފަ އެވެ.

ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި ތެމާގައި ހިންގަމުންދާ އޮފީސް ހިންގުން ހުއްޓުވުމަށާއި އެ ޕާޓީގެ ރައީސްގެ ނަމުގައި އެއްވެސް ހަރަކާތެއް ހިންގާ ނަމަ އެކަން ހުއްޓުވަން ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް ރޭ އަމުރުކޮށްފައި ވެ އެވެ.

މައުމޫނާއި ޕީޕީއެމްގެ މުސްތަޝާރު އަދި މައުމޫންގެ އެއްބަފާ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީނާ ދެމެދު އުފެދުނު ކޯޅުމާ އެކު، މައުމޫނަށް އެކި އިދާރާތަކުން ފިޔަވަޅު އަޅަމުންދާއިރު، މިދިޔަ ހޯމަދުވަހު އެމަނިކުފާނު ވަނީ ޕީޕީއެމުން ވަކިކޮށްފަ އެވެ.