Roadha Mihaaru
ފުލުހުންގެ ތަހުގީގަށް މައުމޫންގެ އަރިސް ބޭފުޅަކު ހޯދަނީ

ފުލުހުންގެ ތަހުގީގަކަށް މައުމޫންގެ އަރިސް ބޭފުޅަކު ހޯދަން ފަށައިފި

10 އެޕްރީލް 2017

ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަރިސް ބޭފުޅަކު ހޯދަން މިރޭ އިއުލާން ކޮށްފި އެވެ.

ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަރިސް ބޭފުޅަކު ހޯދަން މިރޭ އިއުލާން ކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހޯދަނީ މ. ހިމްމިއްޔާ، އަހުމަދު ސަފްވާން އެވެ. އޭނާ އަކީ މައުމޫން ޕާސަނަލް އެއިޑެއްގެ ގޮތުގައި އެމަނިކުފާނުގެ އަރިހުގައި ހަރަކާތްތެރިވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ޕީޕީއެމްގެ މައުމޫންގެ ފެކްޝަންގެ ކައުންސިލް މެމްބަރެއް ވެސް މެ އެވެ.

ފުލުހުންގެ ތަހުގީގަށް ސަފްވާން ހޯދަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދިއެއް ނޭނގެ އެވެ.

ފުލުހުން ވަނީ ސަފްވާންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ޑިއުޓީ ނަމްބަރު 9790048 އަށް ގުޅައި އޭނާގެ މައުލޫމާތު ހިއްސާ ކުރުމަށް އެދިފަ އެވެ.