Roadha Mihaaru

ދިވެއްސަކު ގޯޅިގަނޑެއްގައި ނިދާފައި އޮތް ފޮޓޯއަށް ގިނަ ބައެއްގެ ސަމާލުކަން!

މާލޭގެ ގޯޅިގަނޑެއްގެ ތެރޭ ގޮދަޑި އަޅައިގެން ނިދާފައި އޮތް ދިވެހި ފިރިހެނެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުވެ ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.

ދިވެއްސަކު ގޯޅިގަނޑެއްގައި ގޮދަޑި އަޅައިގެން ނިދާފައި!
އާމިނަތު ޝިފްލީން
އާމިނަތު ޝިފްލީން

28 މެއި 2019

މާލޭގެ ގޯޅިގަނޑެއްގެ ތެރޭ ގޮދަޑި އަޅައިގެން ނިދާފައި އޮތް ދިވެހި ފިރިހެނެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުވެ ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.

އެ މީހާ ނިދާފައި އޮއްވާ ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އިރު އެއިން ފެންނަ ގޮތުގައި އެއީ ޒުވާން ފިރިހެނެކެވެ. ހުސް ގަޔާ އޭނާ އޮންނައިރު ބެޑްޝީޓެއް ކައިރީގައި އޮވެ އެވެ.

އޭނާގެ ކައިރީގައި ބިންމަތީގައި ދަބަސްތަކަކާއި އެހެން ބައެއް ސާމާނު ހުއްޓެވެ.

އެއީ ކޮން ގޯޅިގަނޑެއްކަން ސާފު ނުވި ނަމަވެސް ބޮޑަށް ބެލެވޭ ގޮތުން އެއީ އެ ގޯޅިގަނޑުގައި ހުންނަ ގެއެއްގެ މީހެކެވެ.

އެ މަންޒަރު ފޮޓޯ ނަގައި ޓްވިޓާގައި އާއްމު ކުރި މީހާ، މިއީ ވެސް ކުލި ނުދައްކާ އުޅެވިދާނެ ގޮތެއް ކަމަށް ބުނެ ޓްވީޓްގައި ބުނެފައި ވަނީ އެ މީހާ ނިދާފައި އޮތް އިރު ކޮންމެވެސް ވަރަކަށް ވާރޭ ކަނި ވެސް ޖަހާ ކަމަށެވެ. އެ ސަރަހައްދުގައި ހުރި އެހެން މީހަކާ ހަވާލާދީ އޭނާ ބުނީ އެއީ ގެއިން ވައްކަން ކުރާތީ ގެއިން ނެރެލާފައި އޮތް މީހެއް ކަމަށެވެ.