Roadha Mihaaru
ޗައިނާގެ ޓަނަލެއްގައި އެކްސިޑެންޓުވެ 14 މަރު

ޗައިނާގެ އެކްސްޕްރެސްވޭ ޓަނަލެއްގައި އެކްސިޑެންޓުވެ 14 މަރު

20 މާޗް 2024

ޗައިނާގެ އުތުރުގެ ސަރަހައްދެއްގައި އޮންނަ އެކްސްޕްރެސްވޭ ޓަނަލްއެއްގެ ތެރޭގައި ބަހެއް އެކްސިޑެންޓުވެ 14 މީހަކު މަރުވެ 37 މީހަކު ޒަހަމްވެއްޖެ އެވެ.

ޗައިނާގެ އުތުރުގެ ސަރަހައްދެއްގައި އޮންނަ އެކްސްޕްރެސްވޭ ޓަނަލްއެއްގެ ތެރޭގައި ބަހެއް އެކްސިޑެންޓުވެ 14 މީހަކު މަރުވެ 37 މީހަކު ޒަހަމްވެއްޖެ އެވެ.

ޝަންޝީ ޕްރޮވިންސްގެ އިދާރާތަކާ ހަވާލާދީ ދައުލަތުގެ މީޑިއާ އިން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ އަންގާރަ ދުވަހުގެ މެންދުރު ފަހު ކަމަށާއި އެކަން ހިނގީ 51 މީހަކު ދަތުރުކުރި ބަސް ބާރު ސްޕީޑުގައި ގޮސް ޓަނަލްގެ އެތެރޭގެ ފާރެއްގައި ޖެހިގެން ކަމަށެވެ.

ދައުލަތުގެ ނޫސް އެޖެންސީ ޒިންހުއާ އިން، މަރުވި މީހުންގެ އަދަދު ކަށަވަރުކޮށްދީފައި ވިޔަސް ޒަހަމްވި މީހުންގެ ކަށަވަރު އަދަދެއް އަދި އެ މީހުންގެ ހާލަތެއް ވެސް ހާމައެއް ނުކުރެ އެވެ.

ޗައިނާގައި މަގުމަތީގެ ސަލާމަތާ ގުޅޭ ގޮތުން ހަރުކަށި އުސޫލުތަނެއް ނޯވެ އެވެ. އެހެންވެ މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓުތަކަކީ އެ ގައުމުގައި އާންމު ކަމަކަށް ވަނީ ވެފަ އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މެދުތެރޭ ހުނާން ޕްރޮވިންސްގައި އެތައް ވެހިކަލެއް އެއްފަހަރާ އެކްސިޑެންޓުންވެ 16 މީހަކު މަރުވެ އިތުރު ދިހަވަރަކަށް މީހުން ޒަހަމްވެފައިވެ އެވެ. އޭގެ މަހެއްހާ ދުވަސް ކުރިން ޖިއަންގްޒީ ޕްރޮވިންސްގެ އިރުމަތީ ސަރަހައްދުގައި ހިނގި އެކްސިޑެންޓެއްގައި 19 މީހަކު މަރުވެ 20 މީހަކަށް އަނިޔާވެފައިވެ އެވެ. -- އޭއެފްޕީ