Roadha Mihaaru
ކެނަލް ބަންދުވުން: ދުވާލަކު 9.6 ބިލިއަން ޑޮލަރުގެ މުދާ ހިފެހެއްޓިފައި

ސުއޭޒް ކެނަލް ބަންދުވުން: ދުވާލަކު 9.6 ބިލިއަން ޑޮލަރުގެ މުދާ ހިފެހެއްޓިފައި

26 މާޗް 2021

ގާހިރާ (މާޗް 26) - މިސްރުގެ ސުއޭޒް ކެނަލްގައި މިހާރު ހުރަސްވެފައިވާ މެގަ-ކޮންޓެއިނާ ބޯޓުގެ ސަބަބުން ދުވާލަކު ގާތްގަނޑަކަށް 9.6 ބިލިއަން ޑޮލަރުގެ މުދާ ހިފެހެއްޓިފައިވާ ކަމަށް ޝިޕިން ޑޭޓާ އިން ދައްކައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ގާހިރާ (މާޗް 26) - މިސްރުގެ ސުއޭޒް ކެނަލްގައި މިހާރު ހުރަސްވެފައިވާ މެގަ-ކޮންޓެއިނާ ބޯޓުގެ ސަބަބުން ދުވާލަކު ގާތްގަނޑަކަށް 9.6 ބިލިއަން ޑޮލަރުގެ މުދާ ހިފެހެއްޓިފައިވާ ކަމަށް ޝިޕިން ޑޭޓާ އިން ދައްކައިފި އެވެ.

އޭގެ މާނައަކީ ދުނިޔޭގެ އިރުމައްޗާއި ހުޅަނގު ގުޅުވާލަ ދޭ ކަނޑުއޮޅީގައި ގަޑިއަކު 400 މިލިއަން ޑޮލަރުގެ ވިޔަފާރި ހިފެހެއްޓިފައިވުމެވެ.

ލޮއިޑްސް ލިސްޓުގެ ޝިޕިން ޑޭޓާ ދައްކާ ގޮތުން ކެނަލްގެ ހުޅަނގަށް ދަތުރުކުރާ އުޅަނދުތަކުގައި ވަނީ ގާތްގަނޑަކަށް ދުވާލަކު 5.1 ބިލިއަން ޑޮލަރުގެ މުދާ ހިފެހެއްޓިފަ އެވެ. އިރަށް ދަތުރުކުރާ ޓްރެފިކުގައި ވަނީ 4.5 ބިލިއަން ޑޮލަރުގެ މުދާ ހިފެހެއްޓިފަ އެވެ. ސުއޭޒް ކެނަލްގައި އެވަ ގިވަން ހުރަސްވުމުގެ ސަބަބުން 160 އަށް ވުރެ ގިނަ ބޯޓު ވަނީ ކެނަލްގައި ކިޔޫގަ އެވެ. އޭގެ ތެރޭގައި 41 ބަލްކް ކެރިއަރާއި 21 ކްރޫޑް ޓޭންކަރު ހިމެނެ އެވެ.

ސުއޭޒް ކެނަލްގައި ހުރަސްވެ އަދި ދެކޮޅުން ބީހިފައިވާ ބޯޓު ފުންކުރަން އަދި ދުވަސްކޮޅެއް ނަގާނެ ކަމަށް ތަޖްރިބާރުން ބުނެ އެވެ.

ޓައިވާނުގެ އެވަގްރީން ކުންފުނިން އޮޕަރޭޓް ކުރާ އެވަ ގިވަން އަކީ ހަތަރު ފުޓުބޯޅަ ދަނޑުގެ ދިގު މިން ހުންނަވަރުގެ ބިޔަ ބޯޓެކެވެ. ދުނިޔޭގެ އެންމެ ބޮޑެތި ކޮންޓެއިނާ ބޯޓުތަކުގެ ތެރޭގައި ހިމެނޭ 200،000 ޓަނުގެ އެ ބޯޓުން 20،000 ކޮންޓައިނާ އުފުލެ އެވެ.

ސުއޭޒް ކެނަލް އޮތޯރިޓީން ބުނީ އެވަ ގިވަން ފުންކުރުމަށްޓަކައި ޓަގް ބޯޓުތަކާއި ޑްރެޖަރު ބޭނުންކޮށްގެން ކުރެވެން ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށެވެ.