ލީބިޔާގެ ދާހިލީ ހަނގުރާމަ އަށް ސުލްހަވެރި ނިމުމެއް ގެނެސް، އާ ސަރުކާރެއް އުފެއްދުމުގެ ގޮތުން، ބާއްވަން ޖެހޭ އިންތިހާބު، ކުރިން އެއްބަސްވެފައިވާ ގޮތަށް މިއަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ނުބޭއްވިދާނެ ކަމަށް، ލީބިޔާގެ ހާރިޖީ ވަޒީރު ނަޖްލާ މުހައްމަދުލް މަންގޫޝް މިއަދު ވިދާޅުވެއްޖެ އެވެ.
ލީބިޔާގެ ދާހިލީ ހަނގުރާމަ އަށް ސުލްހަވެރި ނިމުމެއް ގެނެސް، އާ ސަރުކާރެއް އުފެއްދުމުގެ ގޮތުން، ބާއްވަން ޖެހޭ އިންތިހާބު، ކުރިން އެއްބަސްވެފައިވާ ގޮތަށް މިއަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ނުބޭއްވިދާނެ ކަމަށް، ލީބިޔާގެ ހާރިޖީ ވަޒީރު ނަޖްލާ މުހައްމަދުލް މަންގޫޝް މިއަދު ވިދާޅުވެއްޖެ އެވެ.
ލީބިޔާގެ ކުރިމަގާ ބެހޭ ގޮތުން، ސްވިޒަލޭންޑްގެ ޖެނީވާގައި ބޭއްވި މަޝްވަރާތަކުގައި، ލީބިޔާގެ ސިޔާސީ އިސް ފަރާތްތަކުން އެއްބަސްވެފައިވަނީ، އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި އިންތިހާބު ބާއްވައި އާ ސަރުކާރެއް އުފެއްދުމަށެވެ.
ނަމަވެސް، އިންތިހާބާ ބެހޭ ގޮތުން ފާސްކުރަންޖެހޭ ގާނޫނު، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރުން ލަސްކުރާ ނަމަ، އެ ތާރީހުގައި އިންތިހާބު ނުބޭއްވޭނެ ކަމަށް ހާރިޖީ ވަޒީރު ވިދާޅުވި އެވެ. މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ޖެނީވާގައި ބޭއްވި ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކަށް ބަލާއިރު ވެސް، އިންތިހާބު ބާއްވާނެ ތާރީހަކާއި، ބާއްވާނީ ކޮން ކަހަލަ އިންތިހާބެއްތޯ އާއި އިންތިހާބު ބާއްވާނީ ކޮން ދުސްތޫރީ އަސާސެއްގެ މަތީގައި ކަމާމެދު، ސިޔާސީ ފަރާތްތަކުގެ މެދުގައި ވަރަށް ބޮޑެތި ދެބަސްވުންތަކެއް އެބަހުއްޓެވެ.
އެންމެ ފުރަތަމަ ކަމަކަށް، ލީބިޔާގައި ބާއްވާނެ ވެރިކަމުގެ ނިޒާމެއް ކަނޑައެޅޭނީ، ލީބިޔާގައި ވެރިކަން ކުރާނީ ބަރުލަމާނީ ނިޒާމަކުން ކަން ނުވަތަ ރިޔާސީ ނިޒާމަކުން ކަން، ގާނޫނުއަސާސީގައި ކަނޑައަޅައި އެކަން ފާސްކޮށްގެންނެވެ. މިހާރު އެއްބަސްވެވިފައިވާ ގޮތުން ނަމަ، ކޮންމެ ބާވަތެއްގެ ވެރިކަމުގެ ނިޒާމަކުން ވިޔަސް، ޑިސެމްބަރު 24 ގައި އިންތިހާބު ބާއްވަންޖެހޭނެ އެވެ.
"އިންތިހާބެއް ބޭއްވުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުގެ ފަރާތުން މިތިބީ ފުރިހަމަކޮށްގެން. އިންތިހާބަށް ބޭނުންވާ ފައިސާ އާއި އިދާރީ އެހީތެރިކަމާއި އެހެނިހެން ސާމާނު ވެސް އިލެކްޝަންސް ކޮމިޝަނަށް ސަރުކާރުން ފޯރުކޮށްދީފިން،" އަލްޖީރިއާގައި އެގައުމުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ފަހު، ހާރިޖީ ވަޒީރު ނަޖްލާ ވިދާޅުވި އެވެ.
"އިންތިހާބު ފަސް ވާނެ ކަން ނުވަތަ ނުވާނެކަން އަދި ބުނަން ދަތި. ނަމަވެސް އަހަރެމެން މަސައްކަތް ކުރަމުން މިއަންނަނީ މިހާރު ތާވަލު ކޮށްފައި އޮތް، ޑިސެމްބަރު 24ގެ ތާރީހުގައި އިންތިހާބު ބާއްވާނެކަން ކަށަވަރުކުރަން. އަހަރެމެން އަދިވެސް މިބަލަނީ، ގާނޫނު ހަދާ މަޖިލީހުން، އިންތިހާބާ ބެހޭ ގާނޫނުތައް ފާސްކުރާނެ ކަމަށް. އެމީހުން ނިންމާ ގޮތަކުން އިންތިހާބު ފަސްވިޔަސް ވާނީ."
ހާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި ލީބިޔާގެ އިންތިހާބުގެ ސަލާމަތީ ކަންތަކާ ބެހޭ ގޮތުން، ރަހުމަތްތެރި ގައުމުތަކާއެކުގައި މިމަހުގެ ފަހުކޮޅު ނުވަތަ އަންނަ އޮކްޓޫބަރު މަހުގެ ކުރީކޮޅު، މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް މިހާރު ވަނީ ނިންމައިފަ އެވެ.
ވަޒީރު ވިދާޅުވި ގޮތުގައި ލީބިޔާގެ ކުރިމަގާ ގުޅޭ ގޮތުން އެންމެ ފަހުން އަލްޖީރިއާގައި ބޭއްވި ބައްދަލުވުން މިދިޔަ ހޯމަ ދުވަހު ނިންމައިލި އިރު، އެންމެ ބޮޑަށް މަޝްވަރާ ކުރެވުނީ، ލީބިޔާގައި ތިބި ބިދޭސީ ހަނގުރާމަވެރިން ލީބިޔާ އިން ބޭލުމާ ބެހޭ ގޮތުންނެވެ.
ލީބިޔާގައި ދާހިލީ ހަނގުރާމަ ފެށުނީ، އެމެރިކާ އާއި ނޭޓޯގެ ލަޝްކަރުތަކުގެ މަދަދާ އެކު، ލީބިޔާގެ އިދިކޮޅު ސިޔާސީ ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ފެށި މުޒާހަރާތަކުގެ ސަބަބުންނެވެ. މުޒާހަރާތައް ހޫނުވެ، ހަތިޔާރުގެ ކުރިމަތިލުންތަކެއް ފެށުމާއެކު، އެމެރިކާ އާއި ނޭޓޯގެ ލަޝްކަރުތަކުން، ގައްޒާފީ އަށް ވަފާތެރި ހަނގުރާމަވެރިންގެ އަމާޒުތަކަށް، މާޗް 19، 2011ގައި ހަމަލާ ދޭން ފެށި އެވެ.
އެމެރިކާ އާއި ނޭޓޯގެ ހަމަލާތަކުގައި، ލީބިޔާގެ އޭރުގެ ޒައީމް ކާނަލް މުއައްމަރުލް ގައްޒާފީ އަވަހާރަކޮށްލީ، އޮކްޓޫބަރު 20، 2011ގަ އެވެ.
ބިދޭސީ ކުލީ ސިފައިން ލީބިޔާއިން ފައިބަން ޖެހޭނެ: އދ
ލީބިޔާގެ ކުރިމަގާ މެދު ބޮޑެތި ގައުމުތައް މަޝްވަރާކުރަނީ
ޣައްޒާ ހަނގުރާމަ ވަގުތުން ހުއްޓާލަން ގޮވާލައިފި
ބާރަ ދުވަސް، 10 ސަރަހައްދެއްގައި ފެން ބޮޑުވެއްޖެ
ލީބިޔާ: 11000 މަރުވެ 10000 ގެއްލިފައި
ލީބިޔާއިން 5000 މީހުން މަރުވި ކަމަށް ބެލެވޭ
ޑެނިއަލް ތޫފާނުގައި ލީބިޔާއިން 2000 މީހުން މަރު
ލީބިޔާގެ ޚާރިޖީ ވަޒީރު ފިއްލަވައިގެން ތުރުކީ އަށް
އިޒްރޭލުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރުމުން މައްސަލަ ގޯސް
ގްރީސްގެ ބޯޓެއް ބަންޑުންޖަހާލައި 79 މީހުން މަރުވެއްޖެ